ޚަބަރު
ފުނަދޫގައި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަނީ: 4 ގެއަކަށާއި 5 ވޯކްޝޮޕަކަށް އަސަރުކޮށްފި
ށ. ފުނަދޫ އަލިފާނުގެ ހާދިސާ--
ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސަރަޙައްދުގައި ހުރި 4 ގެއަކަށާއި 5 ވޯކްޝޮޕް ނުވަތަ ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރައްވައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށްވާއިރު، (އެންޑީއެމްއޭ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، އަލިފާން އަދިވެސް އެއްކޮށް ކޮންޓްރޯލް ކުރެވިފައި ނުވި ނަމަވެސް، އަލިފާނުގެ އަސަރު ފޯރި ސަރަޙައްދުގެ ގެތަކުން މީހުން މިހާރު ވަނީ ރައްކާތެރިކަމާއެކު ހުސްކުރެވިފައެވެ.
ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި. އަލިފާން އަދިވެސް ކޮންޓްރޯލް ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައި. އެ ސަރަޙައްދުގެ ގެތަކުން މީހުން މިހާރު ވަނީ ހުސްކުރެވިފައި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވޭ. އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔަރ އަދި އާންމުން ދަނީ ހަރަކާތްތެރިވަމުން. އަދި ކުޅުދުއްފުށިން އެމްއެންޑީއެފް ފަޔަރ ޓީމު މިހާރު ދަނީ އެރަށަށް ދަތުރުކުރަމުން.
— NDMA Maldives (@NDMAmv) October 25, 2026
އަދި މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެ ރަށުގައި ތިބި ފުލުހުންނާއި، ފުނަދޫ އެއާޕޯޓުގެ ފަޔަރ ޓީމުގެ އިތުރުން ރަށުގެ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ދަނީ ހަރަކާތްތެރިވަމުންނެވެ.