Ads by Farudhun

ޚަބަރު

ދިއްގަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ 56 އިންސައްތަ މަސައްކަތް ނިމިއްޖެ

ދިއްގަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ 56 އިންސައްތަ މަސައްކަތް ނިމިއްޖެ

ދިއްގަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޮކްޓޯބަރު 2026، 10:58

25 އޮކްޓޯބަރު 2026، 10:58

މ. ދިއްގަރުގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ޤާއިމުކުރުމުގެ މަޝްރޫޢުގެ 56 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ސީލިންގ ފްރޭމް އެޅުމުގެ މަސައްކަތްތަކެވެ. މީގެ ކުރިން ވަނީ ފައުންޑޭޝަން މަސައްކަތްތަކާއި، ރޫފް ބީމް ރީއިންފޯސްމަންޓާއި ޝަޓަރިންގ އެޅުމުގެ މަސައްކަތުގެ އިތުރުން ރޭނުމުގެ މަސައްކަތާއި ރޫފް ޓްރަސް އެސެމްބްލީގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި ރަށު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގަންނުވައި، ކުޅިވަރާއި ކަސްރަތުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ހިންގާ މުހިންމު މަޝްރޫޢެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450