Ads by Farudhun

ޚަބަރު

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކަނޑުމަތީގެ ޚާއްޞަ ތަމްރީނެއް ބާއްވައިފި

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކަނޑުމަތީގެ ޚާއްޞަ ތަމްރީނެއް ބާއްވައިފި

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކުރިއަށް ގެންދިޔަ ކަނޑުމަތީގެ ޚާއްޞަ ތަމްރީން---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 އޮކްޓޯބަރު 2026، 11:21

25 އޮކްޓޯބަރު 2026، 11:21

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑް ޝިޕް 'ޢިމާދުއްދީން' އަދި އިންޑިއާ ނޭވީގެ ފަސްޓް ޓްރެއިނިންގ ސްކޮޑްރަން ގުޅިގެން ކަނޑުމަތީގެ ޚާއްޞަ ތަމްރީނު ހަރަކާތެއް ކަމުގައިވާ 'ޕެސެޖް އެކްސަސައިޒް' (ޕަސެކްސް) ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.

މި ތަމްރީނު ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، މެރިޓައިމް ކޯޕަރޭޝަން ނުވަތަ ކަނޑުމަތީގެ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމެވެ. 

އަދި މި ތަމްރީނަކީ ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ ޒަމާންވީ އެކުވެރިކަމާއި، ގާތް މެރިޓައިމް ގުޅުން ރަމްޒުކޮށްދޭ މުހިންމު ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކޯސްޓްގާޑަކީ ސަރަޙައްދީ ކަނޑުގެ އަމާންކަމާއި ރައްކާތެރިކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް ޓަކައި، މި ސަރަޙައްދުގެ މެރިޓައިމް ޕާޓްނަރުންނާ އެކު ގުޅުން ބަދަހިކުރުމުގައި އަބަދުވެސް ދެމިއޮންނަ ބައެއް ކަމަށެވެ. 

މިފަދަ ތަމްރީނުތަކުގެ ސަބަބުން ދެ ޤައުމުގެ ކަނޑުގެ ސިފައިންގެ މެދުގައި އޮޕަރޭޝަނަލް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ފާހަގަކުރައްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450