Ads by Farudhun

ޚަބަރު

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުން 2026---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 ނޮވެމްބަރު 2026، 08:01

04 ނޮވެމްބަރު 2026، 08:01

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުން 2026، ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ބައިވެރިވެވަޑައިގެންފިއެވެ.

އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ މި ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ އާއި ކޮމަންވެލްތު ޤައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވިއެވެ. 

ފެށުމުގެ ރަސްމިއްޔާތުގައި، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރާއި ކޮމަންވެލްތު ސެކެޓްރީ ޖެނެރަލް ތަގުރީރުކުރެއްވުމުގެ އިތުރަށް ސަގާފީ ހުށަހެޅުމެއް ދައްކާލިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮމަންވެލްތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސްވެރިންގެ ރަސްމީ އާއިލީ ފޮޓޯގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮންމެ ދެ އަހަރަކުން އެއްއަހަރުއެވެ. މިބައްދަލުވުމަކީ، ދުނިޔޭގެ ހައްސާސް ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިން މަޝްވަރާކުރައްވައި، ގޮތް ނިންމުމަށް، މެންބަރު ޤައުމަކަށް ލިބޭ މުހިންމު މަންސައެކެވެ. މި އަހަރުގެ ބައްދަލުވުން ކުރިއަށްދާނީ "އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިޢާރުގެ ދަށުން، މިމަހުގެ 1 އިން 4އަށް އެންޓީގާ އެންޑް ބާބިޔުޑާގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450