Ads by Farudhun

ޚަބަރު

މިދިޔަ އޮކްޓޫބަރު މަހު އެމްޕީއެލުން 1.9 ލައްކައަށް ވުރެ ގިނަ ޓަނުގެ މުދާ ކްލިއާކޮށްފި

މިދިޔަ އޮކްޓޫބަރު މަހު އެމްޕީއެލުން 1.9 ލައްކައަށް ވުރެ ގިނަ ޓަނުގެ މުދާ ކްލިއާކޮށްފި

މިދިޔަ އޮކްޓޫބަރު މަހު އެމްޕީއެލުން 1.9 ލައްކައަށް ވުރެ ގިނަ ޓަނުގެ މުދާ ކްލިއާކޮށްފި - ފޮޓޯ: އެމްޕީއެލް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

06 ނޮވެމްބަރު 2026، 10:33

06 ނޮވެމްބަރު 2026، 10:33

މާލޭ ވިޔަފާރި ބަނދަރު މެދުވެރިކޮށް، ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި 190،145.85 (އެއްލައްކަ ނުވަދިހަ ހާސް އެއްސަތޭކަ ސާޅީސް ފަހެއް ޕޮއިންޓް އަށެއް ފަހެއް) ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

އެމްޕީއެލުން އާންމުކޮށްފައިވާ އޮކްޓޫބަރު މަހުގެ ބަނދަރުގެ ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ޖުމްލަ 47 ކާގޯ އުޅަނދަކަށް ވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ކޮންޓެއިނާ ބޯޓާއި، ޢާންމު މުދާ އުފުލާ ކޮންވެންޝަނަލް 34 އުޅަނދެކެވެ. މީގެއިތުރުން، މިދިޔަ މަހު ވަނީ ކޮންޓެއިނަރުގައި އެތެރެކުރި 5،768 ކޮންސައިންމެންޓަކާއި، ކޮންވެންޝަނަލް 1،825 ކޮންސައިންމެންޓެއް ކްލިއާކޮށްދީފައެވެ.

ކޮންޓެއިނަރު ހެންޑްލިންގ އޮޕަރޭޝަންތަކަށް ބަލާއިރު، އޮކްޓޫބަރު މަހު ބޯޓުފަހަރުން 7،818 ޓީއީޔޫ (ޓުވެންޓީ-ފޫޓް އިކުއިވަލެންޓް ޔުނިޓްސް) ގެ ކޮންޓެއިނަރު ބާލާފައިވާއިރު، 7،610 ޓީއީޔޫ ވަނީ ބޯޓުފަހަރަށް އަރުވާފައެވެ. އެހެންކަމުން މުޅި މަހުގެ ޖުމްލަ ކޮންޓެއިނަރ ތްރޫޕުޓް ހުރީ 15،428 ޓީއީޔޫގައެވެ.

އާންމު ދިރިއުޅުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް މުހިންމު، އަވަހަށް ހަލާކުވާ ޒާތުގެ (ޕެރިޝަބަލް) ގިނަ އަދަދެއްގެ މުދާތަކެއް ވެސް މިދިޔަ މަހު ކްލިއާކުރެވުނު ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އެންމެ ގިނައިން ބަނދަރުން ނެރެފައިވަނީ ބިހާއި ފިޔާއެވެ. އެއީ:

72،561 ޕެކޭޖުގެ ބިސް
50،847 ޕެކޭޖުގެ ފިޔާ
37،117 ޕެކޭޖުގެ ކަރާ
26،263 ޕެކޭޖުގެ އަލުވި
21،380 ޕެކޭޖުގެ ޓޮމާޓޯ
15،535 ޕެކޭޖުގެ އަލަނާސި
14،657 ޕެކޭޖުގެ ކެބެޖު
12،760 ޕެކޭޖުގެ ދޮންކެޔޮ
5،913 ޕެކޭޖުގެ ބަރަބޯ
3،150 ޕެކޭޖުގެ ބަށި

ބާޒާރުގައި ތަކެތީގެ އަގު ހަމަހަމަކޮށް ހިފެހެއްޓުމަށާއި ތަކެތި ހަލާކުވިޔަ ނުދީ ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި، ކާބޯތަކެތި ފަދަ ޕެރިޝަބަލް މުދާ އަވަހަށް ކްލިއާކުރުމަށް އެ ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން ކެނޑިނޭޅި ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލުން ފާހަގަކުރެއެވެ.

އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ރައްޔިތުންނަށް  އަސާސީ މުދާ ވީހާވެސް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450