Ads by Farudhun

ޚަބަރު

ޒީރޯ ވޭސްޓް މިއުޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

ޒީރޯ ވޭސްޓް މިއުޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

ޒީރޯ ވޭސްޓް މިއުޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

12 ނޮވެމްބަރު 2026، 09:47

12 ނޮވެމްބަރު 2026، 09:47

ކޮޕް  ސަމިޓުގެ ހަވާސާގައި ބޭއްވި "ޒީރޯ ވޭސްޓް މިއުޒިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި މިއުޒިއަމަކީ "ޒީރޯ ވޭސްޓް މޫވްމަންޓް" އަށް ނުވަ އަހަރު ފުރުމާ ގުޅިގެން، ތުރުކީވިލާތުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެ ހަރަކާތުން ހޯދާފައިވާ ކާމިޔާބީތަކާއި، ދައުރުވާ އިޤްތިޞާދުގެ އުސޫލުތަކާ ގުޅޭ ނަމޫނާތައް ދައްކުވައިދިނުމުގެ ގޮތުން ހުޅުވި މިއުޒިއަމެކެވެ.

މި މިއުޒިއަމްގައި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި، ތަކެތި އަލުން ބޭނުންކުރެވޭނެ ގޮތްތަކާއި، ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެ މުހިންމުކަން ހާމަކޮށްދީފައިވެއެވެ. އަދި އުކާލެވޭ ތަކެތި އަލުން ބޭނުންކުރުމާއި، ކުނިން ފަންނީ އުފެއްދުންތައް ތައްޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން، އިންޓަރެކްޓިވް ޑިސްޕްލޭތަކާއި ޑިޖިޓަލް އެޕްލިކޭޝަންތައް ވެސް މި މިއުޒިއަމްގައި ހިމަނާފައިވެއެވެ.

މިއުޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، މެޑަމް ސާޖިދާ ވަނީ މިއުޒިއަމްގެ އެކި ބައިތައް ބައްލަވާލައްވައި، "2035 ވިޝް ވޯލް" ގައި މުސްތަޤުބަލަށް އަމާޒުކުރައްވައި މެސެޖެއް ލިޔުއްވާފައެވެ. އަދި 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޒައިތޫނި ގަހެއް ވަށައިގެން ބިނާކޮށްފައިވާ "ޕްލެޖް ޓްރީ" ގައި ހިމެނޭ ފަތުގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ ކާޑެއްގައި، ތިމާވެށި ރައްކާތެރިކުރުމަށް ވެވަޑައިގަންނަވާ ވަޢުދު ވެސް އެކަމަނާ ވަނީ ރެކޯޑު ކުރައްވާފައެވެ.

މި މިއުޒިއަމަކީ ޒީރޯ ވޭސްޓް ނުވަތަ ކުނި މަދުކުރުމުގެ ދާއިރާއިން ތުރުކީވިލާތުން ހޯދާފައިވާ ތަޖުރިބާތައް ދުނިޔެއަށް ދައްކުވައިދީ، ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމާއި ދައުރުވާ އިޤްތިޞާދަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޤާއިމުކޮށްފައިވާ މުހިންމު ތަނެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450