Ads by Farudhun

ޚަބަރު

ޚާރިޖީ ވުޒާރާގެ "އޯޕަން ޑޭ" މި މަހުގެ 19 ގައި ބާއްވަނީ

ޚާރިޖީ ވުޒާރާގެ "އޯޕަން ޑޭ" މި މަހުގެ 19 ގައި ބާއްވަނީ

ފޮރިން މިނިސްޓްރީ އިމާރާތް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 ނޮވެމްބަރު 2026، 10:25

18 ނޮވެމްބަރު 2026، 10:25

ޚާރިޖީ ވުޒާރާއިން "ޚާރިޖިއްޔާ ދިވެހިންނާ ގާތަށް!"ގެ ނަމުގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ "އޯޕަން ޑޭ" 19 ނޮވެންބަރު 2026 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެ ވުޒާރާއިން  ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު އާންމުންނަށް ދިނުމަށާއި، ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ މި އޯޕަން ޑޭ އޮންނާނީ މާދަމާގެ 15:00 އިން 18:00 އަށް ޚާރިޖީ ވުޒާރާގައެވެ.

"ޑިޕްލޮމަސީ ވީކް 2026" އާ ގުޅުވައިގެން، "ޚާރިޖިއްޔާ ދިވެހިންނާ ގާތަށް!" މި ޝިޢާރުގެ ދަށުން ބާއްވާ މި އޯޕަން ޑޭއަކީ ޚާރިޖީ ދާއިރާގެ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން، ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ބޭނުންތަކަށް އަވަސް އިޖާބައެއް ދިނުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ހަރަކާތެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ހަރަކާތުގައި އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ކައުންޓަރުތަކެއް ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ވިސާ ކޯނަރ: ވިސާއާ ގުޅޭ މަޢުލޫމާތާއި، ކޮންސިއުލަރ ޚިދުމަތްތަކުގެ އިތުރުން ލިޔެކިޔުންތައް އެޓެސްޓްކުރުމާ ބެހޭ މަޢުލޫމާތު
  • ވީއެފްއެސް ސާވިސަސް ޑެސްކް: ވިސާއަށް އެދި ހުށަހަޅާނެ ގޮތާއި، ބޭނުންވާ ލިޔެކިޔުންތަކާއި ޝަރުޠުތަކާ ބެހޭ އިރުޝާދު
  • ޖޮބް ކޯނަރ: މިނިސްޓްރީން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކާއި، ފަންނީ ގޮތުން ކުރިއަށްދިއުމުގެ މަގުތަކާ ގުޅޭ މަޢުލޫމާތު
  • ކޯލް ސެންޓަރ: މިނިސްޓްރީގެ މުވައްޒަފުންނާ ސީދާ ވާހަކަދައްކައިގެން ޚިދުމަތްތަކާ ގުޅޭ އިރުޝާދާއި މަޢުލޫމާތު ސާފުކުރުން
  • ކުއިޒް އަދި ޓްރިވިއާ: މިނިސްޓްރީގެ މަސައްކަތްތަކާއި ޚިދުމަތްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ޝައުޤުވެރި ހަރަކާތްތައް 

މީގެއިތުރުން، ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެހީތެރިކަމާ ގުޅޭ މަޢުލޫމާތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ހަރަކާތަކީ އާންމުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށާއި، ކޮންސިއުލަރ ޚިދުމަތްތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ އިތުރުން، ޚާރިޖީ ސިޔާސަތާއި ޑިޕްލޮމަސީގެ ދާއިރާ ރައްޔިތުންނާއި ގާތަށް ގެނެސްދިނުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާއިން ވަނި މި އޯޕަން ޑޭއަށް ޒިޔާރަތްކުރެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450