ޚަބަރު
ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓަރަކަށް ޑރ. ޖަމްޝީދުގެ ނަން ހުށަހަޅައިފި
ޑަބްލިއުއެޗްއޯ ގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖެއިން ނަންފޮނުވި ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ނަން ހުށަހަޅައިފިއެވެ.
ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މި ސަރަހައްދުގެ 10 ގައުމު ހިމެނޭ އެންމެ އިސް މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އަދި ރާއްޖޭގެ ފަރާތުން ރީޖަނަލް ޑިރެކްޓަރަކަށް ހުށަހަޅާފައި ވަނީ ޑރ. ޖަމްޝީދުގެ ނަން ކަމަށް ވެސް ބުނެފައިވެއެވެ.
Maldives is pleased to announce Dr Ahmed Jamsheed as its candidate for the position of WHO Regional Director for South-East Asia. This marks an important milestone in the Maldives’ contribution to regional health leadership and cooperation. @ahmedjamsheed https://t.co/Xu5e655fbC
— Ministry of Health, Family and Welfare (@MoHmv) November 18, 2026
މި މަގާމަށް ޑރ. ޝަމްހީދުގެ އިތުރުން ވާދަ ކުރައްވަނީ ބޫޓާންގެ ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ހެލްތު މިނިސްޓަރު ސަންގޭ ނެޑުޕް، ނޭޕާލްގެ ބޮޑުވަޒީރުގެ އޮފީހުގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ މިޝްރާސްރީ ގެ އިތުރުން ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހޭއެވެ.
ޑރ. ޝަމްހީދު އަކީ ޑަބްލިޔުއެޗްއޯގެ ނޯތު ކޮރެއާގައި ހުންނަވާ މަންދޫބުކަމާއި، ބަންގްލަދޭޝްގެ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވްކަމުގެ އިތުރުން ޑަބްލިއުއެޗްއޯގެ ސަރަހައްދީ އޮފީހުގެ އެޑްވައިޒަރުކަން ކުރައްވާފައެވެ. ޑރ. ޖަމްޝީދު މިވަގުތު ހުންނެވީ ޑަބްލިއުއެޗްއޯއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމުގައެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
މީގެ އިތުރުން ޑރ. ޖަމްޝީދަކީ 2012 އިން 2013 އަށް ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރުކަން ކުރައްވައި، އަދި ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) ގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައެވެ.