Ads by Exprox

ޚަބަރު

ދަނގެތިން ރައީސް މުޢިއްޒަށް ކީ ހޫނު މަރުޙަބާއެއް

ދަނގެތިން ރައީސް މުޢިއްޒަށް ކީ ހޫނު މަރުޙަބާއެއް

ރައީސް މުޢިއްޒު އދ.ދަނގެއްޗަށް ވަޑައިގަތުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޑިސެމްބަރު 2024، 06:44

14 ޑިސެމްބަރު 2024، 06:44

ހުލާސާ


އަރިއަތޮޅު ދެކުނު ބުރިއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅުގެ ދަނގެއްޗަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. 

ރައީސް މުޢިއްޒު އެރަށަށް ވަޑައިގެންނެވި ވަގުތު އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ގިނަ ބަޔަކު ރަށުގެ ބަނދަރު ސަރަޙައްދަށް ވަނީ އެއްވެފައެވެ.

ރައީސް ޑރ މުޢިއްޒު އދ.އަތޮޅަށް ކުރައްވާ މިދަތުރުފުޅަކީ އަތޮޅު ތަކުގެ ރަށްރަށަށް ވަޑައިގެން ރަށްރަށާއި އަތޮޅު ކައުންސިލްތަކާއި ބައްދަލުކުރައްވައި ރައްޔިތުންގެ ޙާލު ގާތުން ބެއްލެވުމުަށް އެމަނިކުފާނު ފެއްޓެވި ސިލްސިލާ ދަތުރުފުޅު ތަކުގެ ދަށުން ކުރައްވާ ދަތުރު ފުޅެެކެވެ. މިހާތަނަށް ރައީސް މުޢިއްޒު ވަނީ  185 ކައުންސިލަކާ ބައްދަލުކުރައްވައިފައިވެއެވެ. 

އދ.އަތޮޅަށް ކުރައްވާ މިދަތުރުފުޅަކީ ދެދުވަހަށް ކުރައްވާ ދަތުރުފުޅުކެވެ. މިދަތުރުފުޅުގައި ދަނގެތީގެ އިތުރުން މަހިބަދޫ އޮމަދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. 

މިދިޔަ ހަފްތާގައި ކ.އަތޮޅާއި އއ.އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco