Ads by Exprox

ޚަބަރު

ދަނގެތީގައި ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދިނުމަށް އެދިއްޖެ

ދަނގެތީގައި ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދިނުމަށް އެދިއްޖެ

ދަނގެތި ކައުންސިލާއި ރައީސް ޑރ މުޢިއްޒު ބައްދަލު ކުރެއްވެވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޑިސެމްބަރު 2024، 11:46

14 ޑިސެމްބަރު 2024، 11:46

އދ.ދަނގެތީގައި ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސް ދިނުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދިއްޖެއެވެ.

އ.އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ރައީސް މުޢިއްޒު ވަނީ އދ.ދަނގެއްޗަށް ވަޑައިގެންފައެވެ. 

އެރަަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީއާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވައިފައެވެ. 

ދަނގެތީ ކައުންސިލްގައި މިރޭ ކުރިއަށްދިޔަ ބައްދަލުވުމުގައި ދަނގެތީ ކައުންސިލުން ވަނީ ރަށުގެ ޒުވާނުންނަށް ގޯތި ބޭނުންވާކަން ފާހަގަކުރައްވައި، ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

 އަދި ސުކޫލަށް މަލްޓި ޕާޕަސް ހޯލެއް ބޭނުންވާކަމަށާއި ރަށަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޑޮލަރު އޭޓީއެމް އެއް ރަށަށް ބޭނުންވާކަމަށާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދަނގެތީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދަނގެތީގައި ކަލްޗަރަލްސެންޓަރ ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށާއި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިއަށްގެންދާނެކަމުގައާއި، ޑޮލަރު އޭޓީއެމްގެ ކަންކަން ބައްލަވައި، ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ޑރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco