ކުޅިވަރު

ރާއްޖެ އާއި ކިރްގިސްތާން ވާދަކުރި މެޗު ކިރްގިސްތާނުން ކާމިޔާބުކޮށްފި

ރާއްޖެ އާއި ކިރްގިސްތާން ވާދަކުރި މެޗު ކިރްގިސްތާނުން ކާމިޔާބުކޮށްފި

ގުރުޕް ސްޓޭޖްގެ ފަހު މެޗުގެ ތެރެއިން: ފޮޓޯ- ސިޑިބަރި

farudhun logo

ފަރުދުން

09 ސެޕްޓެމްބަރު 2024، 09:04

09 ސެޕްޓެމްބަރު 2024، 09:04

ސެންޓްރަލް އޭޝިއަން ވޯލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕް ގައި ރާއްޖެ އާއި ކިރްގިސްތާން ވާދަކުރި މެޗު ކިރްގިސްތާނުން ކާމިޔާބުކޮށްފިއެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ކުޅުނު މެޗުގައި ރާއްޖެއިން އެއްވެސް ސެޓެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ކިރްގިސްތާނުން މި މެޗު ކާމިޔާބު ކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ތިން ސެޓުން ބަލިވި ނަމަވެސް ކުރިން ދެ މެޗްގައި ކުޅުނުފަދަ މޮޅު ކުޅުމެއް ރާއްޖޭގެ ޤައުމީ ޓީމުން ދައްކާފައިވެއެވެ. ތިންވަނަ ސެޓުގެ ނިމުމާ ހަމައަށްވެސް ހިތްވަރާއެކު ރާއްޖޭގެ ޓީމުން ރީތި ކުޅުމެއް ދައްކާފައިވެއެވެ. 

ފުރަތަމަ ސެޓުގައި ދެޓީމުންވެސް ވާދަވެރި ކުޅުމެއް ދައްކާފައިވާއިރު ލީޑު ނަގާފައިވަނީ ކިރްގިސްތާނުންނެވެ. ނަމަވެސް ސެޓުގެ ވަކި ހިސާބަކުން ރާއްޖެއިން ވަނީ ފަހަތުން އަރާ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ދެ ފަހަރެއްގެ މަތިން ރާއްޖެއަށްވެސް މި ސެޓު ނިންމާލަން ފުރުސަތު ލިބިގެން ގޮސްފައިވާއިރު، މި ސެޓު 29-31 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައިވަނީ ކިރްގިސްތާނުންނެވެ. ދެވަނަ ސެޓުވެސް ދެޓީމުން ފޯރީގައި ކުޅެފައިވާއިރު ކިރްގިސްތާނުން ރާއްޖޭގެ މައްޗަށް ލީޑު ނެގުމަށްފަހު ލީޑު ފުޅާކޮށް މި ސެޓުވެސް ވަނީ ކާމިޔާބުކޮށްފައެވެ. ކިރްގިސްތާނުން މި ސެޓު ކާމިޔާބުކޮށްފައިވަނީ 16-25 ގެ ނަތީޖާ އަކުންނެވެ. ފުރަތަމަ ދެ ސެޓަށްވުރެ ފޯރި ގަދަކޮށް ތިންވަނަ ސެޓް ކުޅުނުއިރު މި ސެޓުވެސް ކާމިޔާބުކޮށްފައިވަނީ ކިރްގިސްތާނުންނެވެ. މިސެޓު ނިމިފައިވަނީ 25-23 ގެ ނަތީޖާއަކުން ކިރްގިސްތާން މޮޅުވެގެންނެވެ. 

މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމިފައި މިވަނީ ކިރްގިސްތާން އަށް ރޭންކުގެ އެއްވަނައިންނެވެ. ރޭންކުގެ ދެވަނަ ރާއްޖެއަށް ލިބިފައިވާއިރު، ރޭންކުގެ ތިން ވަނަ ލިބިފައިވަނީ ތަޖިކިސްތާނަށެވެ. އަދި ހަތަރު ވަނަ ރޭންކުގައި އޮތީ އަފްގާނިސްތާނެވެ.

މި ލިޔުން ކިޔާލުމުން