ވިޔަފާރި

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތަށް ގެނައި ފުރަތަމަ ބޯޓު ބަނދަރުކޮށްފި

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތަށް ގެނައި ފުރަތަމަ ބޯޓު ބަނދަރުކޮށްފި

ބަންކަރިންގެ ޚިދުމަތަށް ގެނައި ފުރަތަމަ ބޯޓު- ފޮޓޯ: ސޯޝަލް މީޑިއާ

farudhun logo

ފަރުދުން

09 ސެޕްޓެމްބަރު 2024، 02:20

09 ސެޕްޓެމްބަރު 2024، 02:20

ރާއްޖޭގައި ބަންކަރިން ވިޔަފާރިއަށް އެސްޓީއޯއިން ގެނައި ފުރަތަމަ އުޅަނދު ބަނދަރުކޮށްފިއެވެ. 

މިހާރު ކުޅުދުއްފުށި ބަނދަރަށް ކައިރިކޮށްފައިވާ މި އުޅަނދަކީ 4،000 މެޓްރިކް ޓަނުގެ ތެޔޮ ހިފައިގެން ދަތުރުކުރެވޭ އުޅަނދެކެވެ. ދުނިޔޭގެ އެންމެ ބޮޑު ބަންކަރިން ކުންފުނި ވިޓޯލް  ބަންކާސްއާއި ގުޅިގެން އެސްޓީއޯ އިން ތެޔޮ އެޅުމުގެ ޚިދުމަތް ދޭއިރު ބޯޓު ފަހަރަށް ފެނުގެ ޚިދުމަތާއި ކާބޯ ތަކެތި އަދި ބައެއް މަރާމާތުގެ ޚިދުމަތްވެސް ދޭނެއެވެ.  ބަންކަރިންގެ ހިދުމަތް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މި ހިދުމަތް ދޭނީ ހޯރަފުށީ ފަރާ ދިމާލުން އޮފްޝޯކޮށެވެ.  އެސްޓީއޯ އާއި އެމްޕީއެލް އިސްކޮށް ހަރަކާތްތެރިވާ މި މަސައްކަތަށް ބަނދަރެއް ނެތް ނަމަވެސް ކަނޑުމަތިން ސީދާ ބޯޓުތަކަށް ބޭނުންވާ ހިދުމަތް ދެވޭނެއެވެ. 

ރާއްޖޭގެ ސަރަޙައްދުން ދުވާލަކު 400 އާގު ބޯޓު ހުރަސްކުރާއިރު ސަރުކާރުން ވަނީ އޮފްޝޯކޮށް ބަންކަރިން ވިޔަފާރި ފަށައި ބަނދަރާއި މިނޫންވެސް އިންވެސްޓްމަންޓްތައް ގާއިމްކުރަން ނިންމާފަ އެވެ. ބަންކަރިން ވިޔަފާރި ފަށަން ނިންމާފައިވަނީ ހޯރަފުށީ ފަރު ކައިރިންނެވެ. މިއީ  ގިނަ ޢަދަދެއްގެ ބޯޓު ފަހަރު ހުރަސްކުރާ މައި މަގެކެވެ. މި ޚިދުމަތް ރާއްޖޭގައި ފެށިއްޖެނަމަ މިއީ އިޤްތިޞާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއް ކަމުގައި ސަރުކާރުން  ބުނެއެވެ. 

މި މަހުގެ 15 ވަނަ ދުވަހު ދެވަނަ އުޅަނދެއް ރާއްޖެ ގެނައުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެސްޓީއޯއިންވަނީ ބުނެފައެވެ. ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބައެއް އުޅަނދުތައް މީގެކުރިންވެސް ވަނީ ކުޅުދުއްފުށްޓަށް ގެންގޮސްފައެވެ. ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަކީ ރާއްޖޭގެ އިޤްތިޞާދު އެއް ސިނާޢަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. 

މި ލިޔުން ކިޔާލުމުން