ވިޔަފާރި

އެޕަލް ސީރީޒް 10ގެ އައިވޮޗް: ސްލީޕް އެޕްނިއާގެ އަލާމާތްތައް ދެނެގަތުމަށް ވަރުގަދަ ގޮތެއް

އެޕަލް ސީރީޒް 10ގެ އައިވޮޗް: ސްލީޕް އެޕްނިއާގެ އަލާމާތްތައް ދެނެގަތުމަށް ވަރުގަދަ ގޮތެއް

އެޕަލް އައިވޮޗް ސީރިޒް 10 އިން ސްލީޕް އެޕްނިއާގެ އަލާމާތް ދެނެގަނެވޭނެ.

މަރިޔަމް ޔަޢުފާ

މަރިޔަމް ޔަޢުފާ

10 ސެޕްޓެމްބަރު 2024، 04:45

10 ސެޕްޓެމްބަރު 2024، 04:45

ސްލީޕް އެޕްނިއާގެ އަލާމާތްތައް ދެނެގަތުމަށް އެޕަލް ކުންފުނިން ރޭ ލޯންޗު ކުރުމުގެ ހަފްލާގައިވަނީ ޙާއްޞަ ފިޗާއެއް އެޕަލް އައިވޮޗްގައި ހިމަނާފައެވެ. ސްލީޕް އެޕްނިއާ ނޮޓިފިކޭޝަންސް އާއި ބްރީތިން ޑިސްޓާބަންސް އެޕަލްގެ އެންމެ ފަހުގެ ގަޑިން ދެނެގަނެވޭނެއެވެ.

ނިދުމަކީ މީހާގެ ޖުމްލަ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމެއް ކަމުން މިއީ ސިއްހަތުގެ މުހިންމު މާއްދާއެކެވެ. ސްލީޕް އެޕްނިއާ އަކީ ނިދުމުގެ ތެރޭގައި ވަގުތުކޮޅަކަށް ނޭވާލުން ހުއްޓި، ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބޭ އާންމު ބައްޔެކެވެ. މި ހާލަތު ދުނިޔޭގެ އެއް ބިލިއަނަށް ވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް ލަފާކުރެވޭއިރު، ގިނަ ހާލަތްތަކުގައި މި ހާލަތު ދެނެގަނެވޭ ގޮތެއް ނޯވެއެވެ. މިއީ ފަރުވާ ނުދީފިނަމަ ވަގުތު ފާއިތުވަމުންދާ ވަރަކަށް ސިއްހީ ގޮތުން ހީނުކުރާ ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށާއި އޭގެ ތެރޭގައި ހައިޕަރޓެންޝަން، ޓައިޕް 2 ހަކުރުބަލީގެ ނުރައްކާ އިތުރުވުމާއި، ހިތުގެ މައްސަލަތައް ހިމެނެއެވެ.

އެޕަލް  ވޮޗް ސީރީޒް 10 ގައި ބްރީތިން ޑިސްޓަރބަންސް ދެނެގަނެވޭނެ ގޮތްވަނީ ހަދާފައެވެ. ބްރީތިން ޑިސްޓަރބަންސް އަކީ ނިދުމުގެ ތެރޭގައި އާދައިގެ ނޭވާލާ ނިޒާމު މެދުކެނޑުމާ ގުޅިގެން އަތްތިލައަށް ކުދިކުދި ހަރަކާތްތައް ދެނެގަތުމަށް އެކްސެލަރޯމީޓަރު ބޭނުންކޮށްގެން އުފައްދާފައިވާ އާ އެޕަލް ވޮޗް މެޓްރިކެކެވެ. ކޮންމެ 30 ދުވަހަކުން އެޕަލް ވޮޗް އިން ނޭވާލާން އުނދަގޫވާ ޑޭޓާ ތަހުލީލުކޮށް، އާދައިގެ ވަރަކަށް ސްލީޕް އެޕްނިއާގެ އެއްގޮތަކަށް ވެސް ނުފެންނަ އަލާމާތްތައް ފެންނަނަމަ އެކަން އަންގާނެއެވެ.

އެޕަލްގެ ސިއްހީ  ހިދުމަތްދޭ ފަރާތްތަކުން ބުނާ ގޮތުގައި، ސްލީޕް އެޕްނިއާ ޖެހިދާނެ ވަގުތާއި، ނޭވާލާން އުނދަގޫވުމުގެ ތިން މަސް ދުވަހުގެ ޑޭޓާއާއި، އިތުރު މައުލޫމާތު ދައްކުވައިދޭ ޕީޑީއެފް އެއް އެކްސްޕޯޓް ކުރެވޭނެއެވެ. އަދި ސްލީޕް އެޕްނިއާއާ ބެހޭ ގޮތުން އިތުރަށް ދަސްކުރުމަށް ހެލްތު އެޕްގެ ތެރެއިން ތައުލީމީ ލިޔުންތައްވެސް ލިބެންހުރެއެވެ.

ސްލީޕް އެޕްނިއާ ނޮޓިފިކޭޝަން އަލްގޮރިދަމް ތަރައްގީކޮށްފައިވަނީ އެޑްވާންސް މެޝިން ލާނިން އާއި ކްލިނިކަލް ގްރޭޑް ސްލީޕް އެޕްނިއާ ޓެސްޓްތަކުގެ ފުޅާ ޑޭޓާ ސެޓެއް ބޭނުންކޮށްގެންނެވެ.

އެޕަލްގެ މި ފީޗާއަކީ ނިދުމުގެ ތެރޭގައި އާދަޔާ ހިލާފު ނޭވާލުމުގެ މައްސަލައެއް ހުރިކަން ކޮންމެ މީހަކަށްވެސް ދެނެގަތުމަށާއި، ސްލީޕް އެޕްނިއާ ފަދަ ހިތާމަވެރި ގޮތަކަށް ޑައިގްނޯސް ނުކުރެވިފައިވާ އަދި ސީރިއަސް މެޑިކަލް ހާލަތެއް ހާމަކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ޔުނިވާސިޓީ އޮފް އެރިޒޯނާ ހެލްތު ސައިންސަސް ސެންޓަރ ފޯ ސްލީޕްގެ އެމް.ޑީ ސައިރަމް ޕަރްތަސަރަތީ ބުންޏެވެ. މިއީ އާންމު ސިއްހަތު ރަނގަޅު ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސްލީޕް އެޕްނިއާ ނޮޓިފިކޭޝަންސް އާއި ބްރީތިން ޑިސްޓާބަންސް އަކީ އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ސްލީޕް ހެލްތު ފީޗާސްތަކުގެ ރޭންޖަށް ލިބުނު އިތުރު ކުރިއެރުމެކެވެ. ހިތުގެ ދުވެލި އަދި ނޭވާލާ ނިޒާމު ފަދަ މުހިންމު ސިއްހީ މެޓްރިކްސް މޮނިޓަރ ކުރުމުގެ އިތުރުން އެޕަލް ވޮޗް އިން ނިދުމުގެ ލަނޑުދަނޑިތައް ހާސިލް ކުރުމާއި މާ ގިނަ ވަގުތު ނިދުމުން ނިދި ޓްރެކް ކުރުމަށްވެސް އެހީތެރިވެދެއެވެ.

މި ލިޔުން ކިޔާލުމުން