ކުޅިވަރު

ތަޖިކިސްތާން ބަލިކޮށް ރާއްޖެ ފައިނަލަށް

ތަޖިކިސްތާން ބަލިކޮށް ރާއްޖެ ފައިނަލަށް

ތަޖިކިސްތާން އާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން- ފޮޓޯ: މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން

farudhun logo

ފަރުދުން

11 ސެޕްޓެމްބަރު 2024، 11:16

11 ސެޕްޓެމްބަރު 2024، 11:16

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕްގެ ސެމީ ފައިނަލުގައި ވެސް ތަޖިކިސްތާން ބަލިކޮށް ދިވެހި ޓީމު ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޭ ސޯޝަލް ސެންޓަރުގައި ކުޅުނު މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު ވާދަވެރިކަމާއެކު ދިޔަ ނަމަވެސް ފަހު ދެސެޓު ރާއްޖެއިން ކާމިޔާބު ކުރީ ފަސޭހަކަމާއެކުއެވެ. ފުރަތަމަ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 25-17 ގެ  ނަތީޖާއަކުންނެވެ. ދެވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ ތަޖިކިސްތާނުުންނެވެ. މިސެޓު އެޓީމުން ގެންދިޔައީ 25-22 ގެ ނަތީޖާއަކުންނެވެ. ފަހު ދެސެޓު ނިމިފައިވަނީ 25-12، 25-17 ގެ ނަތީޖާއަކުންނެވެ. 

ތަޖިކިސްތާނަކީ ފުރަތަމަ ބުރުގައި ރާއްޖެއިން ތިންސެޓުން ބަލި ކޮށްފައިވާ ޓީމެކެވެ. މުބާރާތުގެ މިރޭ ރާއްޖެ ފައިނަލް މެޗުގައި ނުކުންނާނީ  އަފްޣާނިސްތާން ބަލިކޮށް ފައިނަލުން ޖާގަ ހޯދި ކިރިގިސްތާނާ ދެކޮޅަށެވެ. ފުރަތަމަ ބުރުގައި ކުޅެގެން ކިރިގިސްތާނާއި ވާދަކޮށް ރާއްޖެ ބަލިވީ ތިންސެޓުންނެވެ. 

ފައިނަލްގައި ރާއްޖެ އާއި ކިރްގިސްތާން ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 8:30 ގަ ސޯޝަލް ސެންޓަރުގައެވެ.

މި ލިޔުން ކިޔާލުމުން