ކުޅިވަރު

ގައުމީ ވޮލީ ލީގު: އެޗްޑީސީއިން ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ގައުމީ ވޮލީ ލީގު: އެޗްޑީސީއިން ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި

އެޗްޑީސީގެ މުބައްޝަރު ރަޒާ ޝޮޓެއް ފޮނުވާލަނީ، ފޮޓޯ: ކްލަބް އެޗްޑީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޑިސެމްބަރު 2024، 10:04

31 ޑިސެމްބަރު 2024، 10:04

ހުލާސާ

އެޗްޑީސީއިން އެ ކްލަބުގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް ބަލިކޮށްފައިވަނީ 3-1 ސެޓުން.

 

ގައުމީ ވޮލީބޯޅަ ލީގުގައި ކްލަބް އެޗްޑީސީ އިން އެ ޓީމުގެ ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފިއެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ޕޮލިސް ކްލަބް ބަލިކޮށްފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅޭ މި މުބާރާތުގައި ހޯމަ ދުވަހުގެ ފުރަތަމަ މެޗުގައި ކްލަބް އެޗްޑީސީ އާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި އިރު، މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އެޗްޑީސީއެވެ.

މެޗުގެ ފުރަތަމަ ސެޓު އެޗްޑީސީއިން ކާމިޔާބުކުރީ 25-19 ޕޮއިންޓުންނެވެ. މި ސެޓު އެއްކޮށް ލީޑުކޮށްފައިވަނީ އެޗްޑީސީއެވެ. އަދި ސެޓުގެ ބައެއް ހިސާބުތަކުގައި އެޗްޑީސީއިން 9 ޕޮއިންޓަށް ވެސް އެ ޓީމުގެ ލީޑު ފުޅާކޮށްފައި ވެއެވެ.

މެޗުގެ ދެވަނަ ސެޓުގައި، ސްޕޯޓްސް ކްލަބް ސިޓީއިން އެ ޓީމުގެ ކޮޅަށް ނަތީޖާ އަނބުރާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އަދި ފުރަތަމަ ސެޓާ ހިލާފަށް، ދެވަނަ ސެޓުގައި އެޗްޑީސީއަށް އެ ޓީމުގެ ލީޑު ބޮޑަށް ފުޅާކުރުމުގެ ފުރުސަތެއް ވެސް އެ ޓީމުން ދީފައެއް ނުވެއެވެ. 

މީގެ އިތުރުން، ސެޓުގެ ފަހުކޮޅަށް ދިޔައިރު، ސްޕޯޓްސް ކްލަބް ސިޓީއިން އިތުރު ހިތްވަރާއެކު މަސައްކަތްކުރިކަން ފާހަގަ ކުރެވުނެވެ. އެގޮތުން އެޗްޑީސީއަށް 21 ޕޮއިންޓު ހޯދުނު ހިސާބުގަ އާއި 24 ޕޮއިންޓާއި ހިސާބުގައި ސެޓުގެ ނަތީޖާ ހަމަހަމަ ކުރިތަން ވެސް ފެނުނެވެ. ނަމަވެސް ސްޕޯޓްސް ކްލަބް ސިޓީއަށް އެ ދަނޑިވަޅުތަކުގައި ލީޑު ނެގޭވަރުނުވުމުން، އެ ޓީމަށް މި ސެޓު ވެސް ގެއްލުނީއެވެ. މި ސެޓު އެޗްޑީސީއިން ކާމިޔާބުކުރީ 26-24 ޕޮއިންޓުންނެވެ.

ފަހު ސެޓުގައި ސްޕޯޓްސް ކްލަބް ސިޓީގެ ކުޅުން ވަރަށް ބޮޑަށް ދަށްވިއެވެ. އެހެންކަމުން މި ސެޓުގެ ފަހުކޮޅުގައި އެޗްޑީސީއިން 10 ޕޮއިންޓުގެ ލީޑެއް ވެސް ނަގާފައިވެއެވެ. އަދި މި ސެޓު ނިންމާލީ 11 ޕޮއިންޓުގެ ފަރަގަކާއެކު 25-14 ޕޮއިންޓުންނެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް އެޗްޑީސީގެ މުބައްޝަރު ރަޒާއެވެ.

އެޗްޑީސީއިން އެ ކްލަބުގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް ބަލިކޮށްފައިވަނީ 3-1 ސެޓުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS