ކުޅިވަރު

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް: ފުރަތަމަ ދުވަހުގެ މެޗުތަށް ކާމިޔާބުކުރީ ސިފައިންނާއި އެޗްޑީސީއިން

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް: ފުރަތަމަ ދުވަހުގެ މެޗުތަށް ކާމިޔާބުކުރީ ސިފައިންނާއި އެޗްޑީސީއިން

ކްލަބް އެޗްޑީސީއާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: އެޗްޑީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 ޖެނުއަރީ 2025، 01:44

06 ޖެނުއަރީ 2025، 01:44

ހުލާސާ

ދެ ޓީމު ވެސް މެޗުތައް ކާމިޔާބުކުރީ ސީދާ ތިން ސެޓުން.

ގައުމީ ލީގުގައި މި ޓީމުތައް ބައްދަލުކުރި މެޗުތަކުގެ ނަތީޖާތައް ވެސް ނިކުމެފައިވަނީ ހަމަ މިގޮތަށް.

މިހާރު ކުރިޔަށްދާ ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހުގެ މެޗުތައް، މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވާ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ގައުމީ ވޮލީބޯލް ލީގުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީއިން ކާމިޔާބުކޮށްފިއެވެ. 

ގައުމީ ވޮލީބޯލް ލީގުގެ ގަދަ ހަތަރު ޓީމަށް ފުރުސަތު ލިބޭ މި މުބާރާތުގައި އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗުގައި ބައްދަލުކޮށްފައިވަނީ ޑީއެސްސީއާއި ބްލޫޒް ފޯރ ވޮލީބޯލްއެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ ޑީއެސްސީއެވެ. ޑީއެސްސީއިން މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-23، 25-15 އަދި 25-21 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެސްސީގެ މުހައްމަދު ވަގާރުއެވެ.

ގައުމީ ވޮލީބޯލް ލީގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ ޑީއެސްސީއެވެ. އެ މެޗުގެ ސެޓުތައް ޑީއެސްސީއިން ކާމިޔާބުކުރީ 25-22، 25-14 އަދި 25-22 އިންނެވެ.

ވޮލީބޯލް ޗެމްޕިއަންޝިޕްގެ ދެވަނަ މެޗުގައި އާދީއްތަ ދުވަހުގެރޭ ބައްދަލުކުރީ ކްލަބް އެޗްޑީސީއާއި ސްޕޯޓްސް ކްލަބް ސިޓީއިންނެވެ. އެޗްޑީސީއިން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެގޮތުން މެޗުގެ ސެޓުތައް އެޗްޑީސީއިން ގެންދިޔައީ 25-21، 25-19 އަދި 25-20 އިންނެވެ.

މި ދެ ޓީމު ގައުމީ ލީގުގައި ބައްދަލުކުރި މެޗު ވެސް، ސީދާ ތިން ސެޓުން ކާމިޔާބުކުރީ އެޗްޑީސީއެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެޗްޑީސީއާއި ބްލޫޒް ފޯރ ވޮލީބޯލްއެވެ. އަދި މިރޭގެ މެޗުގައި ޑީއެސްސީއިން ނިކުންނާނީ ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS