ދުނިޔެ

ނޯތް ކޮރެއާގައި ހޮޓް ޑޯގް ކެއުން މަނާކޮށް ޖަލުހުކުމް ކަނޑައަޅައިފި

ނޯތް ކޮރެއާގައި ހޮޓް ޑޯގް ކެއުން މަނާކޮށް ޖަލުހުކުމް ކަނޑައަޅައިފި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގ އުން ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖެނުއަރީ 2025، 09:24

08 ޖެނުއަރީ 2025، 09:24

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުން ވަނީ ހޮޓް ޑޮގް ކެއުމާއި ވަރިވުން މަނާކޮށް، މިކަންކަން ކުރާ މީހުންނަށް ޖަލަށްލުމުގެ އަދަބު ދޭން ނިންމާފައެވެ. މި ނިންމުމަކީ ހުޅަނގުގެ ސަގާފީ ނުފޫޒުތަކާ ދެކޮޅަށް ފަށާފައިވާ ބޮޑު ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެކެވެ.

ހޮޓް ޑޮގް އަކީ ޖަރުމަނުވިލާތުން އައިސް، އެމެރިކާގައި މަޤްބޫލުވެފައިވާ ކާއެއްޗެކެވެ. އަދި ފަހަކަށް އައިސް ދެކުނު ކޮރެއާގައިވެސް މަޤްބޫލުވެފައިވާ އެއްޗެކެވެ. ކިމް ޖޮންގް-އުން ވަނީ ހޮޓް ޑޮގް ވިއްކުމަކީ އުތުރު ކޮރެއާއާ ދެކޮޅަށް ކުރާ ޚިޔާނާތެއް ކަމުގައި ކަނޑައަޅާފައެވެ.

އުތުރު ކޮރެއާގެ ރައްޔިތުން ވަރަށް ބޮޑަށް ކާހިތްވާ ކާއެއްޗެއްގެ ގޮތުގައި ބުދާ-ޖިގޭ ފާހަގަކުރެވެއެވެ. މިއީ ހޮޓް ޑޮގް ނުވަތަ ސްޕެމް ބޭނުންކޮށްގެން ހަދާ  ރަހަ ގަދަ ނޫޑުލްސް ސޫޕެކެވެ. މި ކާއެއްޗަކީ 2017 ވަނަ އަހަރު ދެކުނު ކޮރެއާއިން އެތެރެކުރި އެއްޗެކެވެ. ނަމަވެސް މިހާރު ވަނީ މާރުކޭޓުތަކުގައި މި ސޫޕު ވިއްކުން މަނާކޮށްފައެވެ.

މީގެ އިތުރުން، ވަރިވުމަކީ "ޖަރީމާއެއް" ކަމުގައި ބުނެ، ވަރިވާން އެދޭ ފިރިހެނުންނާއި އަންހެނުން ޖަލަށްލަން ފަށާފައިވާކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ. ކިމް ޖޮންގް-އުން ބޭނުންވަނީ ވަރިވާން އެދޭ ކޮންމެ މީހަކަށް 6 މަސްދުވަހުގެ ޖަލު ޙުކުމެއް އިއްވުމަށެވެ. އޭނާ ދެކޭގޮތުގައި ވަރިވުމަކީ "އެންޓި-ސޯޝަލިސްޓް" ޢަމަލެކެވެ.

އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމާ ގުޅިގެން ގިނަ ޤައުމުތަކަކުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަނީ އުތުރު ކޮރެއާގެ މައްޗަށް ދަތިކުރުވަނިވި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި 1988 ވަނަ އަހަރު އެމެރިކާ ވަނީ އުތުރު ކޮރެއާ، ޓެރަރިޒަމަށް އެހީތެރިވާ ޤައުމުތަކުގެ ލިސްޓަށް އިތުރުކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS