ކުޅިވަރު

ރާއްޖެ ޓީމުން ދެއްކީ އާދަޔާ ޚިލާފު ކުޅުމެއް، މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާނަށް

ރާއްޖެ ޓީމުން ދެއްކީ އާދަޔާ ޚިލާފު ކުޅުމެއް، މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާނަށް

ރާއްޖެ އާއި ކިރްގިސްތާނު ވާދަކުރި މެޗުގެ ތެރެއިން- ފޮޓޯ: މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން

farudhun logo

ފަރުދުން

11 ސެޕްޓެމްބަރު 2024، 11:28

11 ސެޕްޓެމްބަރު 2024، 11:28

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕުގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފިއެވެ.

ކިރްގިސްތާނުން ޗެމްޕިއަންކަން ހޯދި ނަމަވެސް ރާއްޖެއިން މިރޭ ދައްކާފައިވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެކެވެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ރާއްޖެ ޓީމުން ވަނީ ވަރަށް ހިތްވަރު ކޮށްފައެވެ. މިރޭގެ މެޗުން ރާއްޖެ ނާކާމިޔާބު ވެފައި ވަނީ 5 ސެޓަށް ގޮސްގެންނެވެ. 

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖެ އާއި ކިރްގިސްތާނު ވާދަކުރި މެޗު ކިރްގިސްތާނުން ކާމިޔާބު ކުރީ 2-3 ސެޓުންނެވެ.  މި މެޗުގެ ފުރަތަމަ ސެޓު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނިކޮށް މެޗުގެ ދެވަނަ ސެޓު ރާއްޖޭން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ތިން ވަނަ ސެޓު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނިކޮށް ހަތަރު ވަނަ ސެޓު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. ކިރްގިސްތާނުން މި މެޗު ކާމިޔާބުކޮށްފައިވަނީ، ފަސް ވަނަ ސެޓުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މުބާރާތުގައި ރާއްޖެއިން ވަނީ ފުރަތަމަ ބުރުން ފެށިގެންވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލުގައި ވެސް މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ. މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން ފައިނަލާ ހަމައަށް ދިޔައިރު ރާއްޖެ ޓީމަށް ހިތްވަރު ދިނުމަށް ގިނަ ޢަދަދެއްގެ ސަޕޯޓަރުން ވަނީ ސޯޝަލް ސެންޓަރަށް ގޮސްފައެވެ. މިރޭގެ މެޗުގައި ރާއްޖެ ޓީމަށް ސަޕޯޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް  ޢަބްދުﷲގެ އިތުރުން ސަރުކާރުގެ އިސްވެރިން ވަނީ ސޯޝަލް ސެންޓަރަށް ވަޑައިގެންފައެވެ. 

މި ލިޔުން ކިޔާލުމުން