Ads by Exprox

ޚަބަރު

ސްޓެލްކޯ މުވައްޒަފުންގެ ހުނަރުވެރިކަން ހުރިހާ ގޮތަކުން ފެނިގެންދާ ޓްރެއިނިންގ ސެންޓަރެއް ތުލުސްދޫގައި އިމާރާތްކުރަން ފަށައިފި

ސްޓެލްކޯ މުވައްޒަފުންގެ ހުނަރުވެރިކަން ހުރިހާ ގޮތަކުން ފެނިގެންދާ ޓްރެއިނިންގ ސެންޓަރެއް ތުލުސްދޫގައި އިމާރާތްކުރަން ފަށައިފި

އިމާރާތުގެ ޑިޒައިން ފެނިގެންދާ 3ޑީ ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ޖެނުއަރީ 2025، 08:35

26 ޖެނުއަރީ 2025، 08:35

ހުލާސާ

މި އިމާރާތް ބިނާކުރުމުގެ ހުރިހާ މަރުހަލާއަކުން ދައްކުވައިދޭނީ، އެ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަންކަމަށް އެމްޑީ ވިދާޅުވެފައިވޭ.

އިމާރާތް ކުރެހުމުން ފެށިގެން، ފިނިޝިންއާ ހިސާބަށް ހުރިހާ މަސައްކަތަކުން ސްޓެލްކޯގެ މުވައްޒަފުންގެ ހުނަރުވެރިކަން ފެނިގެންދާ، އެ ކުންފުނީގެ މެކޭނިކަލް ޓްރެއިނިންގ ސެންޓަރުގެ މަސައްކަތް ކ. ތުލުސްދޫގައި ފަށައިގެން ކުރިޔަށް އެބަދެއެވެ.

މި އިމާރާތުގެ 3ޑީ އެނިމޭޝަނެއް ސޯޝަލް މީޑީއާގައި ޙިއްސާކުރައްވައި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަޙްމީ ވިދާޅުވީ، މި އިމާރާތް ބިނާކުރުމުގެ ހުރިހާ މަރުހަލާއަކުން ދައްކުވައިދޭނީ، އެ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން ކަމަށެވެ.



3ޑީ އެނިމޭޝަނުގެ އިތުރުން، މިތަނުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ފެނިގެންދާ ފޮޓޯއެއް ވެސް ފަޙްމީ ޙިއްސާކުރައްވާފައި ވެއެވެ. އެގޮތުން، އިމާރާތް ކޮންސްޓްރަކްޝެންގެ ބޮޑު ބައެއް މިހާރުވަނީ ނިމިފައެވެ. 

ސްޓެލްކޯ މުވައްޒަފުންގެ ހުނަރުވެރިކަން ހުރިހާ ގޮތަކުން ފެނިގެންދާ ޓްރެއިނިންގ ސެންޓަރެއް ތުލުސްދޫގައި އިމާރާތްކުރަން ފަށައިފި

Construction of STELCO Mechanical Training Center at K. Thulusdhoo

ސްޓެލްކޯއިން ކުރިޔަށްގެންދާ މި ޕްރޮޖެކްޓުން ދައްކުވައިދެނީ، މިފަދަ އިންފްރާސްކްޗާރ ބިނާކުރުމުގެ މަސައްކަތްތަކަކީ ވެސް އެ ކުންފުންޏަށް އެކަނި ކުރިޔަށްގެންދެވޭނެފަދަ، ޤާބިލް މުވައްޒަފުންތަކެއް ތިބި ކުންފުންޏެއްކަމަށެވެ. 

މީގެ އިތުރުން، ޓްރެއިނިން ސެންޓަރުގެ ބޭނުމަށް އަލިއަޅުވާލައި ފަޙްމީ ވިދާޅުވީ، އެ ސެންޓަރަކީ އެ ކުންފުނީގެ މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކޮށެވިގެންދާ ރަގަޅު ފުރުސަތަކަށް ވެގެންދާނެކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco