ރިޕޯޓް

ބަންކަރިންގެ ޚިދުމަތް - ދިވެހިރާއްޖޭގެ އެވޭލާ ސިނާއަތަކަށް އާ ފެށުމެއް

ބަންކަރިންގެ ޚިދުމަތް - ދިވެހިރާއްޖޭގެ އެވޭލާ ސިނާއަތަކަށް އާ ފެށުމެއް

ބަންކަރިންގ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުޢިއްޒު ނެންގެވި މުހިންމު އިޤްތިޞާދީ ފިޔަވަޅެއް

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2024، 03:46

17 ސެޕްޓެމްބަރު 2024، 03:46

ބަންކަރިން ނުވަތަ ކަނޑުބޯޓުފަހަރަށް ޚިދުމަތްދިނުމަކީ ދިވެހިރާއްޖޭގެ މި ޒަމާނަށް އާ ޚިދުމަތަކަށް ވި ނަމަވެސް  ދިވެހިރާއްޖެއަށް އާ ޚިދުމަތެއް ނޫނެވެ. ދިވެހިރާއްޖެ އޮންނަނީ ދަތުރުފަތުރުގެ މުހިންމު މަގެއްގައެވެ. އެވޭލާ ޒަމާނުއްސުރެ ދުނިޔޭގެ ދަތުރުވެރިން މަޑުކުރާ މުހިންމު ލޮކޭޝަނެއްގައެވެ. ދިވެހިރާއްޖޭގައި މަޑުނުކޮށް، ދާން ބޭނުންވާ މަންޒިލުތަކަށް ދިއުމަށް އުނދަގޫވާތީ، މި ކުޑަ ގައުމު ވެފައިވަނީ ގަދީމީ ޓްރާންސިޓް ބަނދަރަކަށެވެ. އެ ބަދަރަކުން ދަތުރުފަތުރާ ދަތުރުމައްޗަށް ބޭނުންވާ ޚިދުމަތްތައް އާދެ، "ބަންކަރިން"ގެ ޚިދުމަތް ލިބޭ މަންޒިލަކަށެވެ. 

ކުރީ ޒަމާނުގައި އެއް ގައުމުން އަނެއް ގައުމަށް ވިޔަފާރިކަމު ދަތުރުކުރާ އޮޑިފަހަރު ދިވެހިރާއްޖޭގައި މަޑު ކުރަނީ މޫސުމުގެ ގޮތުން ވައި ލިބެންދެނެވެ. މިއީ ޓްރާންސިޓް ބަނދަރެއްގެ ފެށުމެވެ. ވައި ލިބި ބޭނުންވާ މަންޒިލަށް ފުރަންދެން ތިބޭނީ ދިވެހިރާއްޖޭގައެވެ. މާކަނޑު މި ޖަޒީރާ ގައުމުގައެވެ. އޮޑިފަހަރަށް ބޭނުންވާ ފެނާއި ކާނާގެ ބާވަތްތަކާއި ދިވެހިރާއްޖެއިން ލިބޭ ވިޔަފާރި މުދައު ފުރުމުގެ ކުރިން އޮޑިފަހަރަށް ބަރުކުރާނެއެވެ. އަދި ރާއްޖޭގައި ތިބޭ ތިބުމުގައި ގެންނަ މުދަލުން ވިޔަފާރިކުރާނެއެވެ.

 

ބަންކަރިންގެ ޚިދުމަތް - ދިވެހިރާއްޖޭގެ އެވޭލާ ސިނާއަތަކަށް އާ ފެށުމެއް

ކުރީ ޒަމާނުގައި ރާއްޖެ އަށް ދަތުރުކުރާ ފަދަ ބޯޓެއްގެ އޭއައި ކުރެހުމެއް


ދިވެހި ރާއްޖޭގެ އިޤްތިޞާދު ޒަމާންތަކެއް ވަންދެން ޓޫރިޒަމަށް  ބިނާވެފައި އޮތް އޮތުން ބަދަލުކޮށް އިޤްތިޞާދު ސިންދަފާތު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ވައުދެވެ. އާ ސިނާއަތުތައް ބިނާކޮށް އާމްދަނީގެ ވަޞީލަތްތައް ގިނަކޮށް ދަޢުލަތުގެ އާމްދަނީ އިތުރުކޮށް ވަޒީފާގެ ފުރުޞަތުތައް ލިއްބައިދިނުމެވެ. މި ގޮތުން ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށުން ވެގެން ދާނީ އިޤްތިޞާދު ސިންދަފާތުކޮށް ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށެވެ. 

އަޅުގަނޑުމެންގެ ގައުމުގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ހަމައެކަނި ޓޫރިޒަމަށް ބަރޯސާވާ ގައުމެއްގެ ގޮތުގައި މިއޮތީ. މިއޮތްހާ ދުވަހު އޮތް މަސްވެރިކަން އެބައޮތް. އެހެން ނަމަވެސް، 70، 80 ޕަސެންޓް އިންކަމް ބަރޯސާވެފައި ވަނީ ޓޫރިޒަމަށް. އެކަން ނިމުމަކަށް ގެނައުމަކީ އަބަދުވެސް ދެކެވޭ ވާހަކައެއް. ޙަޤީޤީ މާނައިގައި އިކޮނޮމީ ޑައިވަރސިފައި ފުޅައެއްނުކުރެވޭ. އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އިޤްތިޞާދީ ސިޔާދަތުގެ ޔަޤީންކަން، އިޤްތިޞާދީ ސޮވެރިނިޓީ ޔަޤީންކުރެވޭކަން އަޅުގަނޑުމެންނަށް އިޙްސާސް ވާނީ، އިކޮނޮމީ ޑައިވަރސިފައި ކުރެވިގެން. އެހެންވީމާ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެ ޖަހައިގެން ޢަމަލީ މަސައްކަތް ފަށާފައި މިވަނީ ފުރަތަމަ ފަހަރަށް މި ރާއްޖޭގައި -  

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިވަން ދުވަހުގެ ޖަލްސާ

ބަންކަރިންގެ ޚިދުމަތަކީ  ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ސިނާއަތެކެވެ. ދިވެހި ރާއްޖެއަށް ލިބޭ ބޭރު ފައިސާ އިތުރުކޮށް، އިޤްތިޞާދުގައި ވަރުޖައްސާނެ ބޮޑު ބަދަލެކެވެ. ހަމަ އެކަނި ޓޫރިޒަމްގެ އާމްދަނީއަށް ދަޢުލަތް ބަރޯސާވުމުގެ ބަދަލުގައި، ސިންދަފާތު އިޤްތިޞާދެއްގައި ދިވެހިން ބޭނުންވާ އަރުތަ ހޯދޭނެ ޕްރޮގްރެސިވް ވިސްނުމެކެވެ. 

 

ބަންކަރިންގެ ޚިދުމަތް - ދިވެހިރާއްޖޭގެ އެވޭލާ ސިނާއަތަކަށް އާ ފެށުމެއް

މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވާހަކަފުޅުދައްކަވަނީ


އިޤްތިޞާދު ފުޅާކުރުމަށްޓަކައި، ޑައިވައިސިފައި ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް މި ކުރެވެނީ. ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް ބަންކަރިންގ ސަރވިސްގެ ވިޔަފާރި އެ ފެށެނީ. އިރާދަކުރެއްވިއްޔާ، މި އަންނަ މަހު ޢަމަލީގޮތުން އެ މަސައްކަތް ރާއްޖޭގައި ފެށޭނެ. ފެށުނީމަ މިވާގޮތަކީ، ފުރަތަމަ އަހަރު ނިމޭއިރުވެސް، ފުރަތަމަ 12 މަސް ނިމޭއިރުގައިވެސް ޖީ.ޑީ.ޕީ. އަށް އިތުރުކޮށްދޭނެ އިރާދަކުރެއްވިއްޔާ، އިތުރަށް 400 މިލިއަން ޑޮލަރު، އެއް އަހަރުގެ ތެރޭގައި، އޭރުން ދަރަނި އެބަ ކުޑަވެގެންދޭ. ޑެބްޓް ޖީ.ޑީ.ޕީ. ދަށްވޭ އެބަ. ދަރަނި ދަށްވޭ އެބަ. އޭގެއިތުރަށްވެސް ގިނަ ފައިދާތައް އެބަ ކުރޭ. ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީ.ޕީ.ޓީ. އިން ލިބޭ ފައިދާ އެބަ ލިބޭ. ވަޒީފާތައް އެބަ އުފެދޭ. އުތުރުގައި، މިކަން ކުރާ ސަރަޙައްދުގައި ޚާއްޞަކޮށް އުފެދޭނެ. އަދި އެމް.ޕީ.އެލް. އިން ބޭނުންވާނަމަ، ހަމަ ކޮންމެ ސަރަޙައްދަކުންވެސް ރައްޔިތުންނަށް ވަޒީފާ ދެވޭނެ. އެމް.ޕީ.އެލް. އެބަ ފުޅާވެ، ހަރުދަނާވެގެން އެބަދޭ. ސަރުކާރުގެ ކުންފުންޏެއް އެއީ. އޭގެ ފައިދާ ކުރާނެ ރައްޔިތުންނަށް. އެހެންވީމާ، މިއީ ވަރަށް ފައިދާހުރި ކަމެއް -  

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިވަން ދުވަހުގެ ޖަލްސާ

 

އަބަދު ދައްކާ ވާހަކައެއްގެ ގޮތުގައި ނޯވެ، ދިވެހިރާއްޖޭގެ ލޮކޭޝަނުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމުގެ މަސައްކަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ ވަނީ ފަށާފައެވެ. ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ގެނެސް، މުޅި ޚިދުމަތަށް ބޭނުންވާ އިންތިޒާމްތައް ކުރެވި، އައު ސިނާއަތަކަށް އެކަށް ތައްޔާރުވެފައެވެ. މިއީ ދިވެހީންގެރާއްޖޭގެ ތަޞައްވުރެވެ. ދިވެހި އިޤްތިޞާދު އަލުން ކޮޅަށް ޖަހައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ފުދުންތެރި ގައުމެއް ބިނާކުރުމުގެ އައު ފެށުމެކެވެ.  

 

މި ލިޔުން ކިޔާލުމުން