Ads by Exprox

ޚަބަރު

ކަރަންޓު ބިލުން އެންމެ މަދުވެގެން %10 ނުލިބޭ އެއްވެސް ޑޮމެސްޓިކް ކަސްޓަމަރެއް ނުހުންނާނެ: ސްޓެލްކޯ އެމްޑީ

ކަރަންޓު ބިލުން އެންމެ މަދުވެގެން %10 ނުލިބޭ އެއްވެސް ޑޮމެސްޓިކް ކަސްޓަމަރެއް ނުހުންނާނެ: ސްޓެލްކޯ އެމްޑީ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްތަރ ހުސެއިން ފަޙްމީ/ފޮޓޯ: އެޑިޝަން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ފެބްރުއަރީ 2025، 12:04

27 ފެބްރުއަރީ 2025، 12:04

ހުލާސާ

9 މަސް ދުވަހުގެ އެވްރެޖް ނެގެން ނެތް ތަންތަނަށްވެސް %10 ޑިސްކައުންޓު ލިބިގެންދާނެ

ރަމަޟާން މަހުގެ ކަރަންޓު ބިލުން އެންމެ މަދުވެގެން 10% ޑިސްކައުންޓް ނުލިބޭ އެއްވެސް ޑޮމެސްޓިކް ކަސްޓަމަރެއް ނުހުންނާނެ ކަމަށް ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަޙްމީ ވިދާޅުވެއްޖެ އެވެ.

ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަޙްމީ މިފަދައިން ވިދާޅުވީ، ރޯދަ މަހުގެ ކަރަންޓާއި ފެނުގެ ބިލްތަކުން ޑިސްކައުންޓް ދޭގޮތް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ޢާންމު ރައްޔިތުންނަށް އޮޅުން އަރާފާނެކަމަށް ބުނެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަޙްމީ ވިދާޅުވީ، ރޯދަ މަހުގެ ބިލްތަކަށް ޑިސްކައުންޓް ދެވިގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަންގަވާފައިވާ ގޮތަށް ރައްޔިތުންނަށް ޚަރަދުކުޑަ އަދި އެންމެ ލުއި ފަސޭހަ ވެގެންދާނެގޮތަށް ކަމަށެވެ. އެގޮތުން، ޑިސްކައުންޓު ދެވޭނީ، 2024 ވަނައަހަރުގެ ކަރަންޓު އެންމެ ގިނައިން ބޭނުންކޮށްފައިވާ ފެބްރުއަރީ، މާރިޗް، އަދި އޭޕްރީލް މަސް އުނިކުރުމަށްފަހު، ބާކީ އޮންނަ 9 މަހުގެ ކަރަންޓް ބިލްގެ އެވްރެޖަކީ، ޢާންމު މަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު ކަމަށް ބަލައި، އެ މިންވަރަށްވުރެ އިތުރަށް މިރޯދަމަހު ބޭނުންކުރާ މިންވަރު ރޯދައިގެ ޑިސްކައުންޓްގެ ގޮތުގައި ބަލައިގެން ކަމަށް އެމްޑީ ވިދާޅުވިއެވެ. 

މީގެ އިތުރުން އެމްޑީ ވިދާޅުވީ، ޢާންމު މަސްތަކުގައި ކަރަންޓު ބޭނުންކުރާ އެވްރެޖަށްވުރެ މިރޯދަމަހު ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވި ނަމަވެސް އެފަދަ ފަރާތްތަކަށްވެސް %10 ގެ ޑިސްކައުންޓް ލިބޭނެކަމަށެވެ. ހަމަ އެހެންމެ، 9 މަސް ދުވަހުގެ އެވްރެޖް ނެގެން ނެތް ތަންތަނަށްވެސް %10 ޑިސްކައުންޓު ލިބިގެންދާނެ ކަމަށް އެމްޑީ ފަޙްމީ ވަނީ ވިދާޅުވެފަ އެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco