ޚަބަރު
ސަޢުދީީއާ ދެމެދު އޮތް ގުޅުމުގެ ސަބަބުންދެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުން ލިބިގެންދާނެ- ރައީސް
ސަޢުދީ ރަސްގެފާނު- ފޮޓޯ: ސޯޝަލްމީޑިއާ
ފަރުދުން
23 ސެޕްޓެމްބަރު 2024، 03:10
23 ސެޕްޓެމްބަރު 2024، 03:10
ދިވެހިރާއްޖެއާއި ސަޢުދިޢަރަބިއްޔާއާ ދެމެދު ދެމިއޮތް ގުޅުންތަކުގެ ސަބަބުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ކުރިއަށް އޮތް ތަނުގައި ކުރިއެރުމާއި، ތަނަވަސްކަން ލިބިގެންދާނެކަން ޔަޤީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަޢުދީ އަރަބިއްޔާގެ 94ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށް އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް، އެޤައުމުގެ 94 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ.
<blockquote class="twitter-tweet"><p lang="en" dir="ltr">I extend my warmest greetings to the Custodian of the Two Holy Mosques <a href="https://twitter.com/KingSalman?ref_src=twsrc%5Etfw">@KingSalman</a>, Crown Prince and Prime Minister, His Royal Highness Mohammed bin Salman, and the brotherly people of Saudi Arabia, on the joyous occasion of your National Day 🇸🇦. The Maldives deeply values the… <a href="https://t.co/pQbCEFyR1v">pic.twitter.com/pQbCEFyR1v</a></p>— Dr Mohamed Muizzu (@MMuizzu) <a href="https://twitter.com/MMuizzu/status/1838052867698999723?ref_src=twsrc%5Etfw">September 23, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
ރައީސް ވިދާޅުވީ ރާއްޖެއާއި ސައުދީ އަރަބިއްޔާގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް ކަމަށެވެ.