Ads by Exprox

ޚަބަރު

ޕީއެސްއެމްގެ އެމްޑީ އަކަށް ހުންނެވި ޒީނާ މަޤާމުން އިސްތިއުފާ ދެއްވައިފި!

ޕީއެސްއެމްގެ އެމްޑީ އަކަށް ހުންނެވި ޒީނާ މަޤާމުން އިސްތިއުފާ ދެއްވައިފި!

ޒީނާ ޒާހިރު. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2024، 03:56

25 އޯގަސްޓު 2024، 03:56

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަކަށް ހުންނެވި ޒީނާ ޒާހިރު އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. 

ޕީއެސްއެމްގެ އެމްޑީކަމުން ޒީނާ އިސްތިއުފާ ދެއްވި ނަމަވެސް އެކަމުގެ  ސަބަބެއް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޒީނާ އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ޕީއެސްއެމްގެ އެމްޑީކަމުގެ މަޤާމާ ޒީނާ ހަވާލުވުމަށްފަހު ކުރިމަތިވި އެންމެބޮޑު ގޮންޖެހުމަކީ އެތަނަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތައް ހައްލުން ކުރުން ކަމަށް މައުލޫމާތު ލިބެއެވެ. ޕީއެސްއެމުން އެކި ފަރާތްތަކަށް ދަރާފައިވާ ދަރަނީގެ އަދަދު އުޅެނީ 260 މިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.

ޕީއެސްއެމުން ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، ބައެއް ފަރާތްތަކުން އެކުންފުންޏާއި ދެކޮޅަށް މައްސަލަތަށް ކޯޓަށް ހުށަހަޅައިފައިވެއެވެ.

އެގޮތުން ޕީއެސްއެމުން ލިބެންޖެހޭ ފައިސާ ނުލިބިގެން ބައެއް ފަރާތްތަކުން ޕީއެސްއެމަށްވަދެ، އެމްޑީއަށް އިންޒާރުދިން މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޕީއެސްއެމަށް އައުމުގެ ކުރިން ޒީނާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަން ކޮށްފައިވެއެވެ. ޒީނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހައްދަވާފައެވެ. ޒީނާ ނޫސްވެރިކަމަށް ނިކުންނަވާފައިވަނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco