Ads by Aqeeqa Maldives

ޚަބަރު

ފަށާތަޢުލީމުގެ މަރުހަލާގައި އުނގެނުމުގެ ފެންވަރު ބައިނަލްއަޤްވާމީ ލެވެލްގައި ބެންޗްމާކްކުރަނީ

ފަށާތަޢުލީމުގެ މަރުހަލާގައި އުނގެނުމުގެ ފެންވަރު ބައިނަލްއަޤްވާމީ ލެވެލްގައި ބެންޗްމާކްކުރަނީ

ބިލެއްފަހި ސްކޫލްގެ ލައިބްރަރީ، ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 އޭޕްރީލު 2025، 03:19

07 އޭޕްރީލު 2025، 03:19

ފަށާތަޢުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަޤްވާމީ ލެވެލްގައި ބެންޗްމާކްކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށާނެކަމަށް، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ، 2025 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

މި މަޢުޟޫގައި ވަޒީރު ވިދާޅުވީ، ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ކުރިއަރަމުންދާ ގޮތް މޮނިޓަރކޮށް ބެލެހެއްޓުމުގެ ގޮތުން ދެވޭ ޤައުމީ އެސެސްޓްމެންޓް، ނޭޝަނަލް އެސެސްޓްމެންޓު ފޯރ ލާރނިން އައުޓްކަމްސް (ނާލޯ) މި އަހަރު ކީސްޓޭޖު-3 ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް ދިނުމުގެ ތައްޔާރީތައް ނިމިފައިވާކަމަށެވެ. އަދި އެ މަސައްކަތް މި އަހަރު ފެށިގެން ދާނެކަމަށް ވިދާޅުވިއެވެ. 

އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ޤައުމީ ފެންވަރުގައި ކުރިޔަށްގެންދެވޭ ނެޝަނަލް އެސެސްމެންޓް ފޯރ ލާރނިން އައުޓްކަމްސް (ނާލޯ) މިހާރު ނެގެނީ ކީސްޓޭޖު-1 އަދި ކީސްޓޭޖު-2 ނިންމާ މަރުހަލާގައި. މި ފެށޭ ދިރާސީ އަހަރުގައި ކީސްޓޭޖު-3 ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް މި އެސެސްމެންޓު ދޭން ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައި.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު އެ މަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ.

ވަޒީރުގެ ޚިޠާބުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، މަތީ ސާނަވީ ތަޢުލީމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަޤުސަދުގައި، ނިމިދިޔަ ދިރާސީ އަހަރުގެ ތެރޭގައި އަތޮޅު ތެރޭގެ 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި މި ޕްރޮގްރާމުގެ ނަތީޖާއަކަށްވީ، ސްކޫލްތަކުގެ މަތީ ސާނަވީއަށް ކިޔަވަން  އަލަށް ވަތް ދަރިވަރުންގެ އަދަދު 77 އިންސައްތަ އިތުރުވުންކަމަށް ވަޒީރު ފާހަގަކުރެއްވެވިއެވެ. 

އަދި މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުން އިތުރުވެގެން ދިއުމީ، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބާރަކަށް ވެގެންދާނެކަމެއް ކަމަށާއި، މި ޕްރޮގްރާމު މި އަހަރުގެ ތެރޭގައި އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

މީގެ އިތުރުން ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ފިލުވާލުމަށް، މުޅި ތަޢުލީމީ ވުޒާރާގެ އޮނިގަނޑުތައް މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އެޑިއުކޭޝަނަލް މެނޭޖުމެންޓު ސިސްޓަމްގެ މޮޑިއުލްތައް މި ފެށޭ ދިރާސީ އަހަރު ރޯލް އައުޓް ކުރައްވާނެކަމަށް ވެސް ފާހަގަކުރެއްވެވިއެވެ.

2025 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، މުޅި ރާއްޖޭގައި 90،000 އެއްހާ ދަރިވަރުން އެކި މަރުހަލާތަކުގައި ކިޔަވަމުން ދެއެވެ. އަދި މި ދަރިވަރުންގެ ޚިދުމަތުގައި ގާތްގަނޑަކަށް 11،000 މުދައްރިސުން ހަރަކާތްތެރިވަމުން އަންނަކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS