Ads by Exprox

ޚަބަރު

އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާ ހިނގި އޭސީ އައުޓްޑޯރ ޔުނިޓު، ފޮޓޯ: އެމްއެންޑީއެފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޭޕްރީލު 2025، 07:54

08 އޭޕްރީލު 2025، 07:54

އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ، މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހެންވޭރު ސޯސަންމަންޒިލް ގޭގެ ފަސް ވަނަ ފަންގިފިލާގައެވެ. އަދި ހާދިސާގައި އަލިފާން ރޯވި އޭސީ އައުޓްޑޯރ ޔުނިޓު ބަހައްޓާފައި ހުރީ، އެ ގޭގައި ކުޑަ ބެލްކަނީއެއް ގޮތަށް ހަދާފައި ހުރި ތަނެއްގައެވެ. 

މި ހާދިސާގެ ރިޕޯޓު، އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިއު ސާރވިސަސްއަށް ލިބިފައިވަނީ ފަތިހު 4:31 ހާއިރުކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. އަދި 14 މިނެޓުގެ ތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނުކަމަށް ފަޔާރ އެންޑް ރެސްކިއު ސާރވިސަސްއިން ވަނީ ހާމަކޮށްފައެވެ. 



އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS