Ads by Aqeeqa Maldives

ޚަބަރު

ތަރައްޤީ ކުރަމުންދާ ރިޒޯޓެއްގެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރު ވަޑައިގެންފި

ތަރައްޤީ ކުރަމުންދާ ރިޒޯޓެއްގެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރު ވަޑައިގެންފި

ތަރައްޤީ ކުރަމުންދާ ރިޒޯޓެއްގެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރު ވަޑައިގެންނެވުން، ފޮޓޯ: މިނިސްޓްރީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޭޕްރީލު 2025، 08:38

08 އޭޕްރީލު 2025، 08:38

މާލެ އަތޮޅުގެ ފަރެއް ހިއްކައިގެން ހަދަމުންދާ ރިޒޯޓެއްގެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑު އެންވަޔަރަންމެންޓް، އަލްފާޟިލް ޠާރިޤު އިބްރާޙިމް ވަޑައިގެންފިއެވެ.

އެމްއާރުއޭސީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ތަރައްޤީ ކުރަމުންދާ މި ފަޅަކީ މާލެ އަތޮޅުގެ ވިވަންތަ ކޮރަލް ރީފް މޯލްޑިވްސް އާއި ކޮކޯ ޕާމް ބޮޑުހިތީގެ މެދުގައި އޮންނަ ފަޅެކެވެ.

މިނިސްޓަރު ޠާރިޤު މި ސައިޓަށް ޒިޔާރަތް ކުރެއްވުމުން، އެމްއާރުއޭސީ ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިން އެ މަނކިފާނަށް އިސްތިޤުބާލު ކުރައްވާ މަރުހަބާ ދެންނެވިއެވެ. 

މިނިސްޓަރުގެ މި ޒިޔާރަތުގައި، އެ ޕްރޮޖެކްޓުގައި މިހާރު ހާސިލްކުރެވުނު ކަންކަން އެ ކުންފުނިން ވަނީ ހިއްސާކުރައްވާފައެވެ. އަދި މަސައްކަތްތައް ކުރިޔަށްދާގޮތް ދައްކާލާފައިވެއެވެ. އޭގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތް ވެސް ހިމެނެއެވެ. 



މީގެ އިތުރުން، ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، އެ ރަށުގައި އެ މަނިކުފާނު ވަނީ ރުކެއް އިންދާފައެވެ. 

ޓުއަރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން، މި އަހަރުގެ މާރިޗު 4 ގެ ނިޔަލަށް، ރިޒޯޓު ތަރައްޤީ ކުރުމަށް 156 މަޝްރޫއެއް ރާއްޖޭގައި އަންނަނީ ކުރިޔަށްގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS