Ads by Aqeeqa Maldives

ޚަބަރު

ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވާ ތިން މީހެއްގެ ވަނަވަރު އާންމުކޮށްފި

ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވާ ތިން މީހެއްގެ ވަނަވަރު އާންމުކޮށްފި

ދެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ އަމުރަށް ފުލުހުން ހޯދަމުންދާ ތިން މީހުން ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޭޕްރީލު 2025، 10:38

08 އޭޕްރީލު 2025، 10:38

ބަންދުގައި ބައިތިއްބައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވާ ތިން މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ އިދާރާއިން މި ތިން މީހުން ހޯދަމުން ދަނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް މި ތިން މީހުން ހާޒިރުވެފައި ނުވުމާ ގުޅިގެންނެވެ. 

މި ތިން މީހުން ހޯދަމުން ދަނީ ދެ މައްސަލައަކާ ގުޅިގެންނެވެ. 

އެގޮތުން ލ.  މާބައިދޫ، ކަނީރުވިލާ އުމުރުން 31 އަހަރުގެ މުޙައްމަދު ޙައްސާން އާއި މާލެ، ދަފްތަރު ނަންބަރު ރސ 5624، އުމުރުން 30 އަހަރުގެ އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމް ކޯޓަށް ހާޒިރުކުރަން ބޭނުންވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެންނެވެ.

އަދި މ. ރިހިވިދުވަރުގެ، މާލެ، އުމުރުން 31 އަހަރުގެ އަސްޢަދު ޢަލީ ކޯޓަށް ހާޒިރުކުރަން މަސައްކަތްކުރަނީ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

މީގެ ތެރެއިން މުޙައްމަދު ޙައްސާން  ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައި ވަނީ ބަންދުގައި ބަހައްޓައިގެން 2025 އޭޕްރީލް 9 ވަނަ ދުވަހުގެ 10:30 އަށެވެ. އަދި އަޙްމަދު ޝައިރަފް 2025 އޭޕްރީލް 9 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާއިރު، އަސްޢަދު އަލީ ހާޒިރުކުރުމަށް އަމުރުކޮށްފައި ވަނީ 2025  އޭޕްރީލް 16 ވަނަ ދުވަހުގެ 09:00 އަށެވެ.

މި ފަރާތްތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެންގޭނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS