Ads by Exprox

ޚަބަރު

ޤަވާއިދާއި ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަޢަދަދެއްގެ ޑޮލަރު އަތުލައިގެންފި!

ޤަވާއިދާއި ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަޢަދަދެއްގެ ޑޮލަރު އަތުލައިގެންފި!

އެއަރޕޯޓުން އަތުލައިގަތް ޑޮލަރުތައް. ފޮޓޯ: އޭވިއޭޝަން ސެކިޔުރިޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2024، 05:31

25 އޯގަސްޓު 2024، 05:31

ޤަވާއިދާއި ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ޑޮލަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަތުލައިގެންފިއެވެ. 

މި ޑޮލަރުތަކާއި އެކު ބަންގްލަދޭޝް އަށް ނިސްބަތްވާ މީހަކު އޭވިއޭޝަން ސެކިޔުރިޓީ އިން ވަނީ އަތުލައިގެންފައެވެ. 

އޭވިއޭޝަން ސެކިޔުރިޓީ އިން މިކަމާއި ގުޅިގެން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ޔޫއެސް ބަންގްލާ އެއަރލައިންސް އިން މާލެއިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެެއްގެ ލަގެޖްގައި ފޮރުވައިގެން ޤަވާއިދާއި ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81,030 ނަގުދު ފައިސާ (ޑޮލަރު) އޭވިއޭޝަން ސެކިޔުރިޓީ އިން އަތުލައިގެންފައިވާ ކަމަށެވެ. 

https://twitter.com/AVSECOMmv/status/1827636754658255345

މީގެ އިތުރުން އެއޭވިއޭޝަނުން ބުނެފައިވަނީ އެމީހާ މިހާރު ކަމާއިބެހޭ ފަރާތްތަކާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco