Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލެއިން ވަގަށް ނެގި ކާރެއް ފުލުހުން ހޯދައިފި

ހުޅުމާލެއިން ވަގަށް ނެގި ކާރެއް ފުލުހުން ހޯދައިފި

ހުޅުމާލޭގެ މަގުމަތީގައި ކާރެއް، ފޮޓޯ: ސަން

farudhun logo

ފަރުދުން

14 އޭޕްރީލު 2025، 03:54

14 އޭޕްރީލު 2025، 03:54

ހުޅުމާލެއިން ވަގަށް ނެގި ކާރެއް ފުލުހުން ހޯދައި އެ ކާރުގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު ފުލުހުންގެ އިދާރާ އާއި ޙިއްސާކޮށްފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ކާރުގެ ވެރިފަރާތުން ރޭގެ 23:50 ހާއިރު ހުޅުމާލެ ފިތުރޯނު މަގުގައި ކާރު ޕާކުކުރުމަށް ފަހު، 01:15 އެހައިކަންހާއިރު ކާރަށް އަރަން ދިޔައިރު ޕާކު ކުރި ތަނުގައި ކާރެއް ނެތެވެ. އަދި ކާރުގެ ވެރި ފަރާތުން ކާރު ޕާކުކޮށްފައި ދިޔައީ ކާރުގެ ތެރޭގައި އޭގެ ރިމޯޓު ވެސް ބާއްވާފައެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމާއެކު، ސީސީޓީވީ ފޫޓޭޖު ބެލުމުން، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެން ދާ މަންޒަރު ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އަދި ރޭ މި ކާރު ހޯދަން ފުލުހުން ކުރި މަސައްކަތުން، މެންދަމުން އަލިވެ 01:15 ހާއިރު ވަނީ ކާރު ފެނިފައެވެ. ކާރު ފެނުނު އިރު ކާރުގައި އެއްވެސް މީހަކު ނެތެވެ. 

އެހެންކަމުން ކާރުގެ ވެރިފަރާތް ހާޒިރުކޮށްގެން ބެލިބެލިމުން ކާރަށް އެއްވެސް ގެއްލުމެއްވެފައި ނުވާކަން ފުލުހުންނަށް ފާހަގަ ކުރެވުނެވެ. ނަމަވެސް ކާރުގެ ރިމޯޓު ފެނިފައެއް ނުވެއެވެ. 

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS