ޚަބަރު
ބަސް ޑްރައިވަރުން ތާޒާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ބަސް ޑްރައިވަރުން ތާޒާ ކުރުމުގެ ޕްރޮގްރާމު މި މަހު 14 ގައި ފަށައިފި، ފޮޓޯ: ޕޮލިސް

ފަރުދުން
15 އޭޕްރީލު 2025، 08:56
15 އޭޕްރީލު 2025، 08:56
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ފަރާތުން އޮޕަރޭޓުކުރާ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް)ގެ ބަސް ޑްރައިވަރުން ތާޒާ ކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން މާލޭގައި ފަށައިފިއެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފަށާފައިވަނީ މި މަހުގެ 14 ވަނަ ދުވަހެވެ.
މިއީ ރައްކާތެރިކަމާއެކު ބަސް ދުއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމުގެ މަޢުލޫމާތު ޙިއްސާކޮށް، ޑްރައިވަރުން ތާޒާ ކުރުމަށް ސިލްސިލާކޮށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، ބަސް ދުއްވާއިރު ރައްކާތެރިކަމާއެކު ދުއްވާނެ ގޮތްތަކުގެ މައުލޫމާތު ދިނުމާއި ބަހުގެ ޚިދުމަތް ދޭއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން ތިމާ ތައްޔާރުވާންޖެހޭގޮތާއި ދަތުރުކުރުމުގައި މަގަށް ސަމާލުކަންދިނުމާ ގުޅޭގޮތުން ވެސް މައުލޫމާތު ދޭނެއެވެ. މީގެ އިތުރުން ވެސް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެއެވެ.
މި ޕްރޮގްރާމަކީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖަމްންޓާއި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.