Ads by Aqeeqa Maldives

ޚަބަރު

ޤުރުޢާނުގެ އިރުޝާދަށް ޢަމަލުތައް ބައްޓަންކުރަން ސަމާލުކަން ދޭންޖެހޭ: މެޑަމް ސާޖިދާ

ޤުރުޢާނުގެ އިރުޝާދަށް ޢަމަލުތައް ބައްޓަންކުރަން ސަމާލުކަން ދޭންޖެހޭ: މެޑަމް ސާޖިދާ

އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަނީ، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

16 އޭޕްރީލު 2025، 07:56

16 އޭޕްރީލު 2025، 07:56

މާނަވީ ގޮތެއްގައި ކީރިތި ޤުރުޢާންއާ ގާތްވުމަށްޓަކައި  ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެ ކަމަނާ މިހެން ވިދާޅުވީ، ރޭ އޮތް އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެ ކަމަނާ ވިދާޅުވީ، ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން ޤުރުޢާނުގެ އިރުޝާދަށް ޢަމަލު ކުރުމަށް ވެސް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، އެ ޤުރުޢާނުގެ އަލީގައި ދިރިއުޅުން ބައްޓަން ކުރުމުގެ މާތްކަމަށް ވެސް އެ ކަމަނާ ވަނީ އަލިއަޅުވާލައްވާފައެވެ. އެކަމަށް ބާރުއަޅުއްވައި އެ ކަމަނާ ވިދާޅުވީ، އެކަމުގެ ހެޔޮ ބަދަލު އޭރުން މުޅި ޤައުމުން ވެސް ފެންނާނެ ކަމަށެވެ.

މީގެ އިތުރުން، ޤުރުޢާން މުބާރާތްތައް މިހާރު ގިނަވަމުން އަންނާތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށާއި، އެއީ އުއްމީދީ އަދި ހެޔޮ ބަދަލެއް ކަމުގައި ވެސް މެޑަމް ސާޖިދާ ފާހަގަކުރެއްވެވިއެވެ. އަދި އީގަލްސް ކޮމިއުނިޓީއިން އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވަމުން ވިދާޅުވީ، މުޖުތަމަޢުގެ ކަންކަން ކުރިއެރުވުމަށް ފަރުދީ ޒިންމާގެ މުހިންމު ކަމުގެ ވާހަކައެވެ.

އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތް ބާއްވާފައިވަނީ ނިމިގެންދިޔަ ރަމަޟާންމަހު ތާޖުއްދީން ސުކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ. މި މުބާރާތުގައި ޖުމްލަ 174 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.

މި މުބާރާތުގެ ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ދެއްވުމުގައި ވެސް މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހާސިލްކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައި ވަނީ އެ ކަމަނާއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS