Ads by Aqeeqa Maldives

ޚަބަރު

ފުލުހުންގެ މުވައްޒަފުންނާއި އާއިލާތަކަށް ޙާއްސަކޮށް "ޑިމެންޝިއާ" އަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ފުލުހުންގެ މުވައްޒަފުންނާއި އާއިލާތަކަށް ޙާއްސަކޮށް "ޑިމެންޝިއާ" އަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޙާއްސަކޮށްގެން "ޑިމެންޝިއާ" ޕްރޮގްރާމް، ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

17 އޭޕްރީލު 2025، 10:38

17 އޭޕްރީލު 2025، 10:38

ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޙާއްސަކޮށްގެން "ޑިމެންޝިއާ" އަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި އެޕްރީލް މަހުގެ 13 އިން 15 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ޑިމެންޝިއާއަކީ ހަނދާން ކުރުމަށާއި، ވިސްނުމަށާ އަދި އާންމު ދިރިއުޅުމުގައި ގޮތް ނިންމުމަށް ދަތިވާ ދަތިވުންތަކެވެ. 

މި ޕްރޮގްރާމްގައި ސްކްރީންކޮށްފައި ވަނީ 60 އަހަރުން މަތީގެ މީހުންނެވެ. އަދި 50 އަހަރާއި 60 އަހަރާއި ދެމެދު މީހުން ޑިމެންޝިއާއަށް ސްކްރީންކޮށްފައިވަނީ ރިސްކް ފެކްޓާސްތަކަށް ބެލުމަށްފަހު ރިސްކް ފެކްޓާއެއް ހުރިނަމައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ސްކްރީނިންގ ޕްރޮގްރާމުގައި ޖުމުލަ 55 މީހުން ވަނީ ސްކްރީން ކޮށްފައެވެ. 

މި ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ ހުޅުމާލެ ބްލޫސް ޓަވަރު ބީ ގްރައުންޑް ފްލޯގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS