Ads by Aqeeqa Maldives

ޚަބަރު

މެޑިކަލް ޓުއަރިޒަމް ފެށުމަށް ކުރާ މަސައްކަތަށް ކުރިއެރުން ލިބެމުންދާކަމަށް ވިދާޅުވެއްޖެ

މެޑިކަލް ޓުއަރިޒަމް ފެށުމަށް ކުރާ މަސައްކަތަށް ކުރިއެރުން ލިބެމުންދާކަމަށް ވިދާޅުވެއްޖެ

ޕީއެސްއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ސިއްޙީ ވަޒީރު ނާޒިމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 އޭޕްރީލު 2025، 12:08

19 އޭޕްރީލު 2025، 12:08

ރާއްޖޭގެ ޓުއަރިޒަމް ސިނާއަތް ފުޅާ ކުރުމުގެ ގޮތުން މެޑިކަލް ޓުއަރިޒަމް ފެށުމަށް ސަރުކާރުން ކުރާ މަސައްކަތަށް ކުރިއެރުން ލިބެމުންދާކަމަށް، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.  ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޢުޟޫއަށް ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މެޑިކަލް ޓުއަރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ޕްރޮޕޯސަލްތައް މިހާރު ލިބެމުންދާކަމަށެވެ. އެގޮތުން، ރާއްޖެ އަންނަ ބައެއް ފޮރިން އިންވެސްޓަރުން މިކަމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ބައެއް ފަރާތްތަކުން ރިސޯޓުތަކުގައި ހޮސްޕިޓަލަކާއި ޓްރީޓްމަންޓު ދެވޭނެ ޚިދުމަތްތައް، މީހުން ތަމްރީނު ކުރެވޭނެ ކޮލެޖަކާއިއެކު ތަރައްޤީކުރުމަށްވެސް ޕްރޮޕޯސަލް ހުށައަޅަންމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އުޞޫލުތަކުގެ ތެރެއިން އިކޮނޮމިކް ކައުންސިލަށް ހުށައަޅައިގެން އެކަން ކުރިއަށް ގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މަތީ ފެންވަރުގެ ބޭސްފަރުވާގެ ޚިދުމަތް ދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މެޑިކަލް ޓުއަރިޒަމްގެ ހިއްސާ އިތުރުކޮށް، ފަތުރުވެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ފަށާފައިވާ މަސައްކަތެކެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއ،ި ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ފެންވަރު ރަނގަޅު ބޭސްފަރުވާ ލިބެންހުންނަން ފެށުމަކީ ފަތުރުވެރިން ޝައުޤުވެރިކުރުވާނެ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS