Ads by Aqeeqa Maldives

ޚަބަރު

އައިޖީއެމްއެޗްގެ އޯޕީޑީ ވަގުތު އިތުރުކުރުމަށް މަޝްވަރާކުރަނީ

އައިޖީއެމްއެޗްގެ އޯޕީޑީ ވަގުތު އިތުރުކުރުމަށް މަޝްވަރާކުރަނީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 އޭޕްރީލު 2025، 01:34

19 އޭޕްރީލު 2025، 01:34

އައިޖީއެމްއެޗްގެ އޯޕީޑީ ވަގުތު އިތުރުކުރުމަށް މަޝްވަރާކުރަމުންދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މިކަމުގެ މަޝްވަރާތައް ކަމާގުޅޭ ހުރިހާ ފަރާތްތަކާއެކު ކުރިއަށްދާ ކަމަށާއި މިކަން ކުރެވޭނީ މުސާރައިގެ އިތުރުން އެލަވަންސް ހަމަޖެހިގެން ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ އޯޕީޑީ ވަގުތު އިތުރުކޮށް ދެ ދަންފަޅިއަށް ހިދުމަތް ދެމުންގެންދާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސްޕެޝަލިސްޓުންނަށް ދެއްކުމަށް ގިނަ ދުވަހު ކިއުގައި މަޑުކުރަން ޖެހުމަކީ ރާއްޖޭގައި އެކަނި ހިނގާކަމެއް ނޫން ކަމަށާއި، ބައެއް ޤައުމުތަކުގައި ދެތިން މަސްދުވަހު ކިއުގައި މަޑުކުރަންޖެހޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ބަލިމީހުން އަންނަ މިންވަރަށް ޑޮކްޓަރުން އަދި ޖާގަ ނެތުމަކީ ގޮންޖެހުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރު އަދި ބަލި މީހުންގެ އެނދުގެ ޖާގަ ނެތުމުން އޮޕަރޭޝަންތައް ވެސް ފަސްކުރަންޖެހިފައިވާ ކަމަށެވެ.

ނަމަވެސް ސަރުކާރުން އަންނަނީ އެ ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ފަސޭހަވާނެގޮތަށް ޚިދުމަތްތައް ބައްޓަންކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އީ-ޕޯޓަލް މެދުވެރިކޮށް ގާތްތިމާގެ މީހުންނާއި، ބެލުމުގެ ދަށުގައި ތިބޭ މީހުންގެ އެޕޮއިންޓްމަންޓު ހެއްދެއްވުމާއި ލެބް ރިޕޯޓްސް އަދި މެޑިކަލް ރިކޯޑްސް ބަލާލެވޭނެ އިންތިޒާމުތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS