Ads by Exprox

ޚަބަރު

ހުޅުމާލެއިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާކުރަން އެދިއްޖެ

ހުޅުމާލެއިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާކުރަން އެދިއްޖެ

ހުޅުމާލެ ހިޔާ ޓަވަރުތައް ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޭޕްރީލު 2025، 09:14

21 އޭޕްރީލު 2025، 09:14

ހުޅުމާލޭގެ ފޭސް 2 އިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފިއެވެ. 

މި މައްސަލަ ރައްދުވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މުވައްޒަފެއް ކަމުގައިވާ ފުތިހަ ޝާކިރުގެ މައްޗަށެވެ. 

2022 ގައި ހިނގާފައިވާ މި ހާދިސާގައި 2،600 އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، ސައްޙަ ނޫން ސްލިޕުތަކެއް އެޗްޑީސީގެ ނަމުގައި ހަދައިގެން މީހެއްގެ އަތުން 550،000ރ. ނެގިކަމަށް ތަޙުޤީޤަށް އެނގިފައިވާކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.

އޭނާގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އޭސީސީން އެދުނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާއެވެ. ބިން ވިއްކާނެކަމަށް ބުނެ ފުތިހަ ހޯދާފައިވާ ފައިސާ ވެސް އެ ދައުވާގެ ތެރެއިން ހޯދަން އެދިފައިވާނެ ކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS