ދުނިޔެ
ޔުކްރެއިނާއާއެކު ސުލްހައިގެ މަޝްވަރާތަކަށް ތައްޔާރު :ޕުޓިން

ވްލަދިމިރް ޕުޓިން ފޮޓޯ:އިންޓަނެޓް
ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ވަނީ ޔުކްރެއިނާއާއެކު ސުލްހައިގެ މަޝްވަރާތަކަށް ތައްޔާރުކަމަށް ބުނެފައެވެ. މިއީ ރަޝިޔާއިން އޯތޮޑޮކްސް އީސްޓަރ އަށް 30 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމަށް އިޢުލާނުކުރުމަށްފަހު ދިން ބަޔާނެކެވެ. ނަމަވެސް، ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހުވެސް ދެފަރާތުން އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުކޮށްފައިވެއެވެ.
ރަޝިޔާގެ ސަރުކާރުގެ މީޑިއާއަށް ވާހަކަދައްކަމުން ޕުޓިން ވިދާޅުވީ، މަދަނީ އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުން ފަދަ މައްސަލަތައް ދެފަރާތުގެ މެދުގައި މަޝްވަރާކުރެވިދާނެ ކަމަށެވެ. "މިއީ ފުންކޮށް ދިރާސާކުރަންޖެހޭ ކަންކަން، އަދި ދެފަރާތުގެ މެދުގައި ވެސް މަޝްވަރާކުރެވިދާނެ. އަޅުގަނޑުމެން މިކަން އެއްކިބާއެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.
މި ބަޔާނަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަނގުރާމަ ނިންމުމަށް ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކާ ގުޅިގެން އައި ބަޔާނެކެވެ. ޔުކްރެއިނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ މަދަނީ ރައްޔިތުންގެ ސަލާމަތަށް އަމާޒުކޮށް އެއްމަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެމެރިކާއިން ވަނީ ދިގު މުއްދަތެއްގެ ހުއްޓުމަށް ތާއީދުކޮށްފައެވެ.
ނަމަވެސް، ޙަޤީޤީ ކުރިއެރުމެއް ލިބޭނެކަން އަދިވެސް ޔަޤީނެއް ނޫނެވެ. 2022 ވަނަ އަހަރު ޔުކްރެއިނުން ނެރުނު ޤަރާރަކުން މިހާރު ވަނީ ފުޓންއާއެކު އެއްވެސް މަޝްވަރާއެއް ކުރުން މަނާކޮށްފައެވެ. އަދި ކީވްއިން މި އެންމެ ފަހުގެ ހުށަހެޅުމަށް ރަސްމީކޮށް ޖަވާބުދީފައެއް ނުވެއެވެ. އަދި އެމެރިކާއިން ހުށަހެޅިކަމަށް ބުނާ،، ޔުކްރެއިނުން ކްރައިމިއާ ގެއްލުނުކަން ޤަބޫލުކޮށް ނޭޓޯއިން ބޭރުގައި ހުރުމަށް ހުށަހެޅި ހުށަހެޅުންތަކަށް ޔުކްރެއިނުން އަދި ތާއީދުކޮށްފައެއް ނުވެއެވެ.