Ads by Exprox

ޚަބަރު

ފުރާޅަށް ވެއްޓުނު ޒުވާނާގެ ތަޙުޤީޤަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ވަޒީރު އަމީން

ފުރާޅަށް ވެއްޓުނު ޒުވާނާގެ ތަޙުޤީޤަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ވަޒީރު އަމީން

ދަތުރުފަތުރާ ބެހޭ ވަޒީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 އޭޕްރީލު 2025، 11:00

24 އޭޕްރީލު 2025، 11:00

ފުރާޅަށް ވެއްޓުނު މީހާގެ ތަޙުޤީޤަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

އަމީން މިހެން ވިދާޅުވީ، މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައިއޮއްވާ ފެނިފައިވާއިރު، އެ ޒަވާނާ އާއި އިތުރު ބަޔަކު އެރޭ ވަޒީރު ދިރިއުޅުއްވާ ގޭގައި ޕާޓީކޮށްފައިވާކަމަށާއި، އެ މައްސަލައިގައި އެ ބޭފުޅާގެ ދެ ކޮއްކޮއަކާއި ސުވާލު ކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދެކެވުމުންދާ ވާހަކަތަކަށް ޖަވާބުދެއްވުމަށެވެ.

އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ވަޒީރު އެންމެ ފުރަތަމަ ވެސް ވަނީ މި ހާދިސާގައި އަނިޔާ ލިބުނު ޒުވާނާއަށް އަވަސް ޝިފާއެއް ދެއްވުމަށް ދުޢާ ދަންނަވާފައެވެ. އަދި އެ ހާދިސާ ހިނގައިގެން އުޅޭކަން އެނގިވަޑައިގެންނެވީ ހުކުރު ދުވަހުގެ ހަވީރު ކަމަށާއި، ޒުވާނުންގެ ޕާޓީއެއް އެ ގޭގައި ހުކުރުވިލޭރޭ ބޭއްވި ނަމަވެސް، އެކަން ހިނގީ ވަޒީރު އުޅުއްވާ އެޕާޓްމެންޓުގައި ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެ ޕާޓީ އޮތީ ވަޒީރު އުޅުއްވާ އެޕާޓްމެންޓުގައި ނޫންކަމުން، އެއީ އެ ޕާޓީ ހިނގި ތަނަކީ ވަޒީރަށް ބާރުފޯރުވޭ ތަނެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެ އިމާރާތަކީ އެބޭފުޅާއާ އެއްބަނޑު އެއްބަފާ އިތުރު ތިންބެއިންގެ އިމާރާތެއްކަމަށެވެ. އަދި އެ ބޭފުޅާއާ އެއްބަނޑު އެއްބަފާ މީހުންގެ ދެ ފިރިހެން ދަރިން މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް އެ ދުވަހު ހާޒިރުކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެ ކުދިން ހާޒިރުކޮށްފައިވާތީ އެ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ނުވަތަ ނުފޫޒު ފޯރުވުމަށް ވިޔަސް އެއްވެސް ފަރާތަކަށް ފޯނުން ގުޅާފައި ނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ. 



މީގެ އިތުރުން، އަމީންއަކީ ޤާނޫނު ނެގެހެއްޓުމުގެ އެއްވެސް ބާރެއް މަތިކޮށްފައި އޮންނަ ވަޒީރެއް ނޫންކަމަށްވުމާއެކު، މި މައްސަލާގައި ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ވަޒީރު ވަނީ ދޮގުކުރައްވާފައެވެ. 

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 07:23 ހާއިރެވެ. މި މައްސަލައާ ގުޅޭ ތަފްސީލް މީޑިއާތަކާ ޙިއްސާކުރަމުން އަންގާރަ ދުވަހުގެރޭ ފުލުހުން ވިދާޅުވީ، ތުޙުމަތު ކުރެވޭ ގޮތުގައި 21 އަހަރުގެ މި ޒުވާނާ ވެއްޓުނީ އަމިއްލައަށެވެ. އަދި ވެއްޓުނުއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ޓެސްޓުތަކުން ހާމަވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައިވެއެވެ. ނަމަވެސް އޭނާ ޕޮޒިޓިވްވީ ކޮން ބާވަތެއްގެ މުސްތުވާ އެއްޗަކަށްކަމެއް ޔަޤީން ވާނީ ފުރިހަމަ ރިޕޯޓު ލިބުމުންކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS