ޚަބަރު
ރާއްޖޭގައި މިއޮޓް ހޮސްޕިޓަލުގެ ރިހެބިލިޓޭޝަން ޚިދުމަތް ފަށައިފި

މިއޮޓް ރިހެބް ސެންޓަރ ހުޅުވުން
ހުލާސާ
ރާއްޖޭގައި މިއޮޓް ހޮސްޕިޓަލުގެ ރިހިބިލިޓޭޝަން ޚިދުމަތް ފަށައިފިއެވެ.
މި ރިހެބު ސެންޓަރުން ރިހެބިލިޓޭޝަންގެ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް މިއޮޓްއިން ބުނެއެވެ.
މިއޮޓުން ބުނީ ރިހެބިލިޓޭޝަނަކީ ބަލިން ރަނގަޅުވެ، އާންމު ދިރިއުޅުމަކަށް އައުމުގައި ބަލި މީހާއަށް ދެވޭ އެންމެ މުހިންމު ހިދުމަތްކަމަށެވެ.
ރިހެބް ސެންޓަރުގައި ހިދުމަތް ދޭނީ ގާބީލު، ތަޖުރިބާކާރުންގެ ޓީމަކުންކަމަށާއި، މީގެތެރޭގައި ރިހެބިލިޓޭޝަން ސްޕެޝަލިސްޓުން، ނިއުރޮލޮޖިސްޓުން، ސައިކޭޓްރިސްޓުން، ފިޒީޝަނުން، ސްޕީޗް ލެންގުއޭޖް ޕެތަލޮޖިސްޓްސް، އަދި އެހެނިހެން ތަޖުރިބާކާރުން ހިމެނޭނެކަމަށްވެސް މިއޮޓުން ބުނެއެވެ.
ހިދުމަތް ހޯދާ ފަރާތްތަކަށް ޗެންނާއީގައި ހުންނަ މައި މަރުކަޒުން ވަގުތުން ވަގުތަށް ފީޑްބެކުވެސް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.
ތަޖުރިބާކާރުންގެ ޓީމުގެ އިތުރުން މި ސެންޓަރުން ހިދުމަތް ދިނުމުގައި ބޭނުންކުރެވޭނީ އެންމެ އެޑްވާންސް ޓެކްނޮލޮޖީ އަދި ސިއްހީ ވަސީލަތްތަކާއި މެޝިނަރީތައްކަމަށް މިއޮޓުން ބުނެއެވެ. ނާރުގެ ބަލިތަކާއި ކެންސަރު އަދި ކުޅިވަރު ކުޅެގެން ލިބޭ އަނިޔާތަކުން ރިކަވާ ވުމަށްވެސް މި ސެންޓަރުން ރިހެބިލިޓޭޝަން ލިބޭނެ ކަމަށްވެސް ބުނެއެވެ.
މީގެ އިތުރުން މިއޮޓުން ބުނެފައިވަނީ އާންމު ތެރަޕީ ހިދުމަތްތަކުގެ އިތުރުން އިމަޖެންސީ ފަރުވާގެ ހިދުމަތްވެސް އެ ސެންޓަރުން ލިބޭނެކަމަށެވެ. އެގޮތުން ރެސަސިޓޭޝަން ރޫމަކާއި ފިޒިއޮތެރަޕީ ސަޕޯޓުގެ ދަށުން ހަނދާން ނެތުމާއި، ސަމާލުކަމަށް ކުރާ އަސަރުތަކާއި، ނިދި ގެއްލުން ފަދަ ކަންކަމަށްވެސް އެ ސެންޓަރުން ފަރުވާ ލިބިގެންދާނެ ކަމަށް ބުނެއެވެ.
މިއީ މިއޮޓް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ އެތައް ހާސް ދިވެހިންނަކަށް އެކަމުގެ ފައިދާ ކުރާނެ ކަމެއްކަމެއްގެގޮތުގައި މިއޮޓުން ދެކެއެވެ.