ޚަބަރު
މަސްތުވެގެން ހުރެ ލޯންޗެއް ދުއްވި މީހަކު ހައްޔަރުކޮށްފި

މ. ކޮޅުފުށި / ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުޙައްމަދު (41އ) ---
މަސްތުވެގެން ހުރެ ލޯންޗެއް ދުއްވި މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް މިކަން ދެނެގަނެވުނީ، މި މީހާ ދުއްވަމުންދިޔަ ލޯންޗު އެކްސިޑެންޓުވުމުންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މެއި 4 ވަނަ ދުވަހުގެ ރޭގެ 7:26 ހާއިރުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭނާ ހައްޔަރުކުރީ އެ އެކްސިޑެންޓަށް ފަހުއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މ. ކޮޅުފުށި / ޒަހީރާމަންޒިލް، އުމުރުން 41 އަހަރުގެ ނާޝާދު ވަލީދު މުޙައްމަދުއެވެ.
މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މައްސަލައާ ގުޅިގެން މ. ކޮޅުފުށި / ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުޙައްމަދު (40އ) ހައްޔަރުކޮށްފިhttps://t.co/fSBh0HHPiY pic.twitter.com/ZmuVCU6VCk
— Maldives Police (@PoliceMv) May 5, 2025
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.