ކުޅިވަރު

ސަރަހައްދީ ޗެސް މުބާރާތަކަށް ރާއްޖޭގެ ދެ ކުޅުންތެރިން ފުރައިފި

ސަރަހައްދީ ޗެސް މުބާރާތަކަށް ރާއްޖޭގެ ދެ ކުޅުންތެރިން ފުރައިފި

ާ އޭޝިއަން އިންޑިވިޖުއަލް ޗެސް ޗެމްޕިއަންޝިޕަށް ފުރި ކުޅުންތެރިންނާއި ޗެސް އެސޯސިއޭޝަންގެ ރައީސް، ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

06 މޭ 2025، 09:23

06 މޭ 2025، 09:23

ސަރަހައްދީ ބޮޑު މުބާރާތެއް ކަމުގައިވާ އޭޝިއަން އިންޑިވިޖުއަލް ޗެސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދެ ކުޅުންތެރިން މިއަދު ފުރައިފިއެވެ. 

މިމަހުގެ 6-16 އަށް ޔޫއޭއީގެ އަލް އައިންގައި ކުރިއަށްދާ  މި މުބާރާތަށް ގޮސްފައިވަނީ ގައުމީ ރާޒުވާ ޓީމުގައި ހިމެނޭ އުމުރުން 14 އަހަރުގެ އާމިނަތު ސާރާ ހަލީމްއާއި ރާއްޖޭގެ އެއްވަނަ ފިރިހެން ރާޒުވާ ކުޅުންތެރިޔާ، އަދި މި މުބާރާތުގައި ކުރިން ވެސް ވާދަކޮށްފައިވާ މުހަންމަދު ޝުޢާއުއެވެ. 

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ސާރާ މިދިޔަ އަހަރު ހަންގޭރީގައި އޮތް ޗެސް އޮލިމްޕިއަރޑްގައި ވާދަކޮށް އިންޓަރނޭޝަނަލް ޗެސް ފެޑެރޭޝަން "ފައިޑް"އިން ދޭ "ވުމަން ކެނޑިޑޭޓް މާސްޓަރ" (ޑަބްލިއުސީއެމް) ހާސިލްކޮށްފައިވެއެވެ. މިއީ ހުނަރަށް ބެލުމަށްފަހު ދެމުން އަންނަ ލަގަބެކެވެ.

ފުރުމުގެ ކުރިން ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ސާރާ އާއި ޝުއާއު ވެސް ބުނީ މުބާރާތާއި މެދު ފޮނި އުއްމީދު ކުރެވޭ ކަމަށާއި، އަދި ސަރަހައްދީ ފެންވަރުގެ ކުޅުންތެރިންނާއެކު ކުޅުމުގެ ފުރސަތު ލިބުމަކީ ކުރިއެރުމަށް މުހިންމު ކަމެއްކަމަށެވެ. 

މިއީ އޭޝިއަން ޗެސް ފެޑެރޭޝަންއިން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް މުބާރާތަށްވާއިރު، މިމުބާރާތުން ކޮލިފައިވާ ކުޅުންތެރިންނަށް އިންޓަރނޭޝަނަލް ޗެސް ފެޑެރޭޝަން އިންތިޒާމުކުރާ "ފައިޑް ވޯލްޑްކަޕު"އިން ފުރުސަތު ލިބިގެންދާނެއެވެ.

ރާޒުވާގެ ފޯރި ގައުމީ ފެންވަރުގައި ގަދަވެގެންދާއިރު، މިދިޔަ އޭޕްރިލްމަހުގެ ތެރޭގައި ރާއްޖޭގެ ޖޫނިއާ ގައުމީ ރާޒުވާ ޓީމުންވަނީ ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ. އެ މުބާރާތުގައި ރާއްޖެއިންވަނީ 8 ކުޅުންތެރިއަކު ވާދަކުރިއެވެ.

ފާއިތުވެދިޔަ އަހަރުވެސް ރާއްޖެއިންވަނީ މިމުބާރާތުގައި ވާދަކޮށް ރަން ވަނަތަކެއް ހާސިލްކޮށްފައެވެ. އެގޮތުން 3 ރިހި މެޑެއްޔާއި، 4 ލޯ މެޑަލް ހިމެނޭހެން ޖުމްލަ 7 މެޑެލް އެމުބާރާތުގައި ރާއްޖޭގެ ޓީމުންވަނީ ހާސިލްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS