ދުނިޔެ

15 އަހަރަށްފަހު ޑިޒްނީގެ ތީމް ޕާކެއް އަބޫދާބީއަށް

15 އަހަރަށްފަހު ޑިޒްނީގެ ތީމް ޕާކެއް އަބޫދާބީއަށް

އަބޫދާބީ ޑިޒްނީ ވޯލްޑް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 މޭ 2025، 03:40

08 މޭ 2025، 03:40

ވޯލްޓް ޑިޒްނީ ކޮމްޕެނީ އާއި އަބޫދާބީގެ ޓޫރިޒަމް ދާއިރާގެ ކުންފުންޏެއް ކަމަށްވާ މިރާލް ގުޅިގެން އަބޫދާބީގައި ޑިޒްނީގެ ތީމް ޕާކެއް ގާއިމުކުރުމަށް އެއްބަސްވެއްޖެއެވެ. މި ތީމް ޕާކު ހެދުމަށް ހަމަޖެހިފައިވަނީ އަބޫދާބީގެ ޔާސް އައިލެންޑްގައެވެ.

މިރާލްގެ ޗެއަރމަން މުޙައްމަދު ޚަލީފާ އަލް މުބާރަކް ވިދާޅުވީ އަބޫދާބީއަކީ އާދަކާދައާއި އައު ކަންތައްތައް އެކުވެފައިވާ ތަނެއް ކަމަށާއި، މި މަޝްރޫޢުން އަބޫދާބީގެ މުސްތަޤުބަލު ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި ތީމް ޕާކަކީ މުޅި ސަރަޙައްދަށާއި ދުނިޔެއަށް އިލްހާމު ލިބިގަނެވޭނެ ތަނަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިޒްނީ އެކްސްޕީރިއަންސަސްގެ ޗެއަރމަން ޖޮޝް ޑަމާރޯ ވިދާޅުވީ މި ތީމް ޕާކަކީ ޑިޒްނީގެ އެންމެ އެޑްވާންސްޑް އަދި އިންޓަރެކްޓިވް ތަނަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ތަނުގެ ސަބަބުން ކުރިން ޑިޒްނީގެ ތަޖުރިބާ ކުރެވިފައިނުވާ ގިނަ އާއިލާތަކަކަށް އެ ތަޖުރިބާ ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރާލްގެ ގްރޫޕް ސީއީއޯ މުޙައްމަދު އަބްދުﷲ އަލް ޒަޢާބީ ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ޔާސް އައިލެންޑްގެ މަޤާމު ދުނިޔޭގެ ފެންވަރުގައި އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢުން އަބޫދާބީގެ އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ތީމް ޕާކު ނިމުމުން ޑިޒްނީގެ މަޝްހޫރު މުނިފޫހިފިލުވުމުގެ ޚިދުމަތްތަކާއި، ތީމްޑް ހޮޓާތަކާއި، ޚާއްޞަ ކެއުމުގެ އަދި ޝޮޕިންގގެ ތަޖުރިބާތައް ލިބިގަނެވޭނެއެވެ. އަދި މިތަނުގައި ޑިޒްނީގެ ތާރީޚާއި އަބޫދާބީގެ ސަގާފަތާއި މުސްތަޤުބަލު އެއްކޮށްލެވިގެންދާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS