Ads by Aqeeqa Maldives

ޚަބަރު

ރޯޒްވުޑް ރަންފަރު ރިޒޯޓުގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙްކޮށްފި

ރޯޒްވުޑް ރަންފަރު ރިޒޯޓުގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙްކޮށްފި

ރޯޒްވުޑް ރަންފަރު ރިޒޯޓުގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙްކުރުން---

farudhun logo

ފަރުދުން

12 މޭ 2025، 11:48

12 މޭ 2025، 11:48

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތިމާވެށީގެ މައިގަނޑު ވަޢުދެއް ކަމުގައިވާ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ރޯޒްވުޑް ރަންފަރު ރިސޯޓުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. 

އަލަށް ތަރައްޤީ ކުރެވެމުންދާ ރޯޒްވުޑް ރަންފަރު ރިސޯޓުން ދެއްވި ދަޢުވަތަކަށް ވަޑައިގެން، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް މި މަސައްކަތް ފެއްޓެވީ މިއަދެވެ. 

ވަޒީރުގެ މި ދަތުރުފުޅުގައި ރިސޯޓުގެ ފަރާތުން ވަނީ އެ ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމަށް އަހުދު ކުރެވިފައިވާ ލިއުމެއްގައި ސޮއެކުރުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ދަތުރުފުޅުގައި ވަޒީރު ތާރިޤް ވަނީ ގަސް އިންދުމުގެ ޙަރަކާތެއްވެސް ކުރިއަށް ގެންގޮސް ދެއްވާފައެވެ. 

ރޯޒްވުޑް ރަންފަރު ރިސޯޓުގައި ވަޒީރު ތާރިޤް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 5.2 މިލިއަން ގަސް އިންދުމުގެ އަޙުދު ލިބިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވައި ސްރީލަންކާ ސަރުކާރުން ހަދިޔާ ކުރައްވާފައިވާ ހައިވަކަރު ގަސް މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓަކަށް ހަދިޔާ ކުރައްވަން ނިންމަވާފައިވާކަމަށް އިއުލާން ކުރެއްވިއެވެ. މިއާއި އެކު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ޙަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ދާކަން ފާހަގަ ކުރެއްވިއެވެ.  

ވަޒީރު ތާރިޤް އިތުރަށް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެއް އެޅުމަށް ނިންމާ މިހާރު ޑިޒައިން ކުރުމުގެ މަރުހަލާ ނިމިފައިވާކަމަށެވެ. މި ނާސަރީގައި ލެބޯޓްރީއަކާއި، ތަމްރީނުދޭ ކޮޓަރިތަކާއި، އޮފީސް ހިންގުމުގެ ކޮޓަރިތަކާއި، ގްރީންހައުސެއް ހިމެނޭނެކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS