Ads by Aqeeqa Maldives

ޚަބަރު

އައިއެމްއޯއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބުގެ ފަތްކޮޅު އަރުވައިފި

އައިއެމްއޯއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބުގެ ފަތްކޮޅު އަރުވައިފި

އައިއެމްއޯގެ ފަރާތުން ޑރ. އިރުތިޝާމް އާދަމްއަށް ފަތްކޮޅު އެރުވުން، ފޮޓޯ: ފޮރިން މިނިސްޓްރީ

farudhun logo

ފަރުދުން

17 މޭ 2025، 11:52

17 މޭ 2025، 11:52

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު،  ޑރ. އިރުތިޝާމް އާދަމްއަށް މަޤާމުގެ ފަތްކޮޅު އިއްޔެ އަރުވައިފިއެވެ. އައިއެމްއޯގެ ފަރާތުން ފަތްކޮޅު އެރުވީ އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލްއެވެ.

މިކަމަށްޓަކައި ބޭއްވި ޙައްސަ ރަސްމިއްޔާތު އޮތީ، އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ އައިއެމްއޯގެ މައި އިދާރާގައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިރުތިޝާމް ވިދާޅުވީ، އެ އޯގަނައިޒޭޝަންގެ އިސްނެންގެވުމުގައި ޢަމަލީގޮތުން ބައިވެރިވުމުގައި ރާއްޖެއިން ދެމިތިބޭނެކަމުގައެވެ. މީގެއިތުރުން ކަނޑުދަތުރުފަތުރުގެ ސިނާޢަތް ކުރިއެރުމުގައި ސަރުކާރުން ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް އިރުތިޝާމް ދެއްވިއެވެ.

ރާއްޖޭގެ ފަރާތުން އައިއެމްއޯއަށް ކަނޑައެޅުއްވި ޑރ. އިރުތިޝާމްއަކީ ރާއްޖެއިން ފްރާންސަށާއި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާފައި ހުންނަވާ ސަފީރެވެ. 

އައިއެމްއޯއަކީ 17 މާރިޗު 1948ގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން މަސައްކަތްކުރަމުން ދަނީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކަނޑުދަތުރުކުރާ އުޅަނދުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުން ޖައްވު ތަޣައްޔަރުވުން ހުއްޓުވުމަށެވެ. 

މި ޖަމްޢިއްޔާގެ މަޤްޞަދަކީ ކަނޑުދަތުރުފަތުރުގެ ޞިނާޢަތަށް ހަމަހަމަ އަދި ހުރިހާ ޤައުމުތަކަކުން ޤަބޫލުކޮށް ތަންފީޒުކުރާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. އައިއެމްއޯގައި 174 މެމްބަރު ޤައުމާއި 3 އެސޯސިއޭޓް މެމްބަރުން ހިމެނެއެވެ. ދިވެހިރާއްޖެ އައިއެމްއޯގައި ބައިވެރިވެފައިވަނީ 1967ވަނަ އަހަރުގެ މެއި މަހުގެ 31ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS