ޚަބަރު
"މައި ހުޅުމާލެ ފެސްޓިވަލް" ގައި ވޯޓަރ ސްޕޯޓް ހިލޭ
 
                    ހުޅުމާލެ ބީޗް ފެސްޓުގެ ތެރެއިން، ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ބީޗް ފެސްޓުގައު ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތަކުގައި ހިލޭ ބައިވެރިވެވޭނެކަމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ހާމަކޮށްފިއެވެ.
މި ޙާއްސަ ދުވަސް ފާހަގަކުރުމަށް ހުޅުމާލެ ފޭސް-1ގެ ބީޗްގައ މިއަދު 9 އިން ފެށިގެން ބީޗް ފެސްޓުގެ ހަރަކާތްތައް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.
އަދި މި ހަރަކާތްތަކުގެ ތެރެއިން، މެންދުރުފަހު 1:00 އިން ހަވީރު 6:00އަށް ހުޅުމާލެ ބީޗަށް ޒިޔާރަތްކުރާ ހުރިހާ ރައްޔިތުންނަށް ހިލޭ ވޯޓަރ ސްޕޯޓްގެ ހަރަކާތްތަކުގައި ބައިވެރިވެވޭނެކަމަށް، ކުންފުނީގެ ފަރާތުން ވަނީ ހާމަކޮށްފިއެވެ.
Are you ready for a full day of sun, sport, and celebration at #MyHulhumaléFestival Beach Fest tomorrow?#HulhumaleBeachFest pic.twitter.com/qAXJXDLtd6
— Housing Development Corporation (@hdcmaldives) May 16, 2025
ބީޗް ފެސްޓުގައި ކުރިޔަށްދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ، ޕާކް ވޮލީބޯޅަ، ހޭންޑް ބޯޅަ، 3 އޮން 3 ބީޝް ވޮލީ ބޯޅަ، ޓަގް އިފް ވަރ، ކެނޯ ރޭސް އާއި ފަލިޖެހުމެވެ.
މި ހަރަކާތުގެ ތެރެއިން މޫދު ކުޅިވަރުތަކަށް ބަލާލާއިރު، ކެނޯ ރޭސްގައި ބައިވެރިވުމަށް ވަކި އުމުރުފުރައެއް ނުވެއެވެ. އަދި މި މުބާރާތުގެ ކޮންމެ ބައިވެރިއަކީވެސް ފަތަން ދަންނަ މީހަކަށް ވާޖެހެއެވެ.
އަދި ފަލިޖެހުމުގެ މުބާރާތުގައި ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭއިރު ދެޖިންސަށް ބައިވެރިވެވޭނެއެވެ.
 
                 
                             
                                         
                 
                 
                                             
                                            