Ads by Aqeeqa Maldives

ޚަބަރު

ހަނިމާދޫ އެއާރޕޯޓުން ހިފެހެއްޓި 200އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި

ހަނިމާދޫ އެއާރޕޯޓުން ހިފެހެއްޓި 200އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި

ހަނމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލުން، ފޮޓޯ: ޕޮލިސް

18 މޭ 2025، 12:38

ހަނިމާދޫ އިންޓަނޭޝަލް އެއާރޕޯޓުން ހިފެހެއްޓި 200އަށް ވުރެ ގިނަ ބަނގުރާ ފުޅި ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން  ނައްތާލައިފިއެވެ.

ދިބެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 215 ބަނގުރާ ފުޅި އާއި 4 ދަޅު ބަނގުރަލެވެ. އަދި މިއީ އޭވިއޭޝަން ސެކިއރިޓީ ކޮމާންޑުން ޕޮލިހާ ހަވާލުކުރި ތަކެތި ކަމުގައި ވެސް ހާމަކޮށްފައިވެއެވެ.

އޭވިއޭޝަން ސެކިއުރިޓީއިން މި ތަކެތި ހިފަހައްޓާފައި ވަނީ ފުރަން ދިޔަ ފަތުރުވެރިންގެ އަތުންނެވެ. އަދި މިއީ މިދިޔަ އަހަރުގެ ޑިސެންބަރު  މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހިފަހައްޓާފައިވާ ތަކެތިކަމަށް ވެސް ހާމަކޮށްފައިވެއެވެ.



ބަނގުރާ ނައްތާލުމުގައި ފުލުހުން ޢަމަލުކުރަނީ އެކަމަށް ކަނޑައަޅާފައިވާ ވަކި އުސޫލެއްގެ ދަށުންނެވެ. އެގޮތުން، މިކަން ކުރެވެނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ރާއްޖޭގައި ބަނގުރާ ގެންގުޅެވޭނީ ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށް، ހުއްދަ ހޯދައިގެން،  ކަނޑައެޅިފައިވާ ވަކިތަންތަނެއްގައެވެ. އެ ނޫން ގޮތަކަށް ރާއްޖޭގައި ބަނގުރާ ގެންގުޅުމަކީ ޤާނޫނީ ކުށެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS