ދުނިޔެ

މެކްސިކޯގެ އުޅަނދެއް ބްރުކްލިން ބްރިޖްގައި ޖެހި ހާދިސާއެއްހިނގާ 2 މީހުން މަރުވެއްޖެ

މެކްސިކޯގެ އުޅަނދެއް ބްރުކްލިން ބްރިޖްގައި ޖެހި ހާދިސާއެއްހިނގާ 2 މީހުން މަރުވެއްޖެ

ބްރުކްލިން ބްރިޖުގައި ޖެހުނު ބޯޓު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 މޭ 2025، 02:14

18 މޭ 2025، 02:14

ނިއުޔޯކްގެ މަޝްހޫރު ބްރުކްލިން ބްރިޖާ މެކްސިކޯގެ ކަނޑުގެ އުޅަނދެއް ޖެހި ހިނގި ހާދިސާގައި 2 މީހުން މަރުވެ، 19 މީހުންނަށް އަނިޔާވެއްޖެއެވެ. ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 3 މީހުންގެ ހާލަތު ވަނީ ނާޒުކުވެފައެވެ.

މެކްސިކޯއިްނ ނެރުނު  ބަޔާނެއްގައި ބުނެފައިވަނީ އުޅަނދުގެ މަތީ ބައި ބްރިޖްގައި ޖެހުނު ކަމަށެވެ. މި ހާދިސާއާ ގުޅިގެން އުޅަނދަށް ދަތުރު ކުރިއަށް ގެންދެވޭ ވަރު ނުވެ ހުއްޓާލަން ޖެހުނެވެ.

ހާދިސާ ހިނގި ސަރަހައްދަށް ސަލާމަތީ ޚިދުމަތްތައް އަވަހަށް އައިސް، އަނިޔާވެފައިވާ މީހުންނަށް އެހީތެރިވެ، އެ ސަރަހައްދު ރައްކާތެރިކުރިއެވެ. ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުން ވަނީ އުޅަނދުގައި ތިބި މީހުން އެހެން ތަނަކަށް ބަދަލުކޮށް، އަނިޔާވެފައިވާ މީހުންނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާ ހިނގި ސަބަބު ބެލުމަށް ސަރަހައްދުގެ އިދާރާތަކާއި މެކްސިކޯގެ ކަނޑުގެ އޮފިޝަލުން ތަފްޞީލީ ތަޙްޤީޤެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި އުޅަނދަށާއި ބްރިޖަށް ލިބުނު ގެއްލުންތައްވެސް ދަނީ ވަޒަންކުރަމުންނެވެ.

މި ހާދިސާއާ ގުޅޭ ތަޙްޤީޤު ދަނީ ކުރިއަށެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS