ވިޔަފާރި / ޚަބަރު

ރިޒޯޓެއް އެއްކޮށް ތަރައްޤީ ކުރުމަށް ބީއެމްއެލް އިސްލާމިކް ފައިނޭންސިން ހަމަޖައްސައިދީފި

ރިޒޯޓެއް އެއްކޮށް ތަރައްޤީ ކުރުމަށް ބީއެމްއެލް އިސްލާމިކް ފައިނޭންސިން ހަމަޖައްސައިދީފި

ސެންޓޯރިކް އާއި ބީއެމްއެލްއާ ދޭތެރޭ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ބީއެމްއެލް

18 މޭ 2025، 09:09

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފުރަތަމަ ފަހަރަށް، ރިޒޯޓެއް އެއްކޮށް ތަރައްޤީ ކުރުމަށް އިސްލާމިކް ފައިނޭންސިން ހަމަޖައްސައިދީފިއެވެ.

ބީއެމްއެލްއިން މި ލޯނު ދޫކޮށްފައި ވަނީ،  އެލިއާ ގްރޫޕާއި، އެޓްމޮސްފިއާރ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ގުޅިގެން ހަދާފައިވާ ވެންޗާރ ކުންފުންޏެއް ކަމުގައިވާ ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށެވެ.

އެޓްމޮސްފިއާރ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރަމުން އަންނަ ބޭރުގެ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ ރާއްޖޭގައި 9 ރިޒޯޓެއް ހިންގަމުންނެވެ.

ބީއެމްއެލްއިން ފޯރުކޮށްދިން ފައިނޭންސިންގެ ދަށުން، އެ ކުންފުނިން ތަރައްޤީކުރުމަށް ނިންމާފައިވަނީ 118 ކޮޓަރީގެ ފަސް ތަރީގެ ރިޒޯޓެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް  މިކަން ސިފަކުރައްވަނީ ރާއްޖޭގެ އިސްލާމިކް ފައިނޭންސިންއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ.

މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސް ކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓް އެކަންޏެއް ނޫން. މިއީ ރާއްޖޭގައި ޝަރީޢާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސް ކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިންގް ވެސްމެ. އަދި މިއީ ކޯޕަރޭޓް ސެކްޓާގައި އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް.

ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން، މި ޚިދުމަތާއެކު ރާއްޖޭގެ މާލީ ދާއިރާގައި ބީއެމްއެލްގެ ދައުރު އިތުރަށް ފުޅާވެގެން ގޮސްފައިވާ ކަމަށާއި، މިއީ އީޖާދީ ބޭންކިން ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތް ހާމަވެގެން ދިޔަކަމެއްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS