ކުޅިވަރު

ދަގަނޑޭ އަނެއްކާ ވެސް ނިއު ރޭޑިއަންޓަށް ގެންނަނީ

ދަގަނޑޭ އަނެއްކާ ވެސް ނިއު ރޭޑިއަންޓަށް ގެންނަނީ

ޢަލީ އަޝްފާގު ނިއުރޭޑިއަންޓަށް ގޯލެއް ކާމިޔާބުކޮށްދިނުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: އަޙުމަދު ޝުރާއު

19 މޭ 2025، 08:23

ރާއްޖެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަދި ދެކުނު އޭޝިއާގައި ވެސް ފާހަގަކޮށްލެވޭ ޢަލީ އަޝްފާގު (ދަގަނޑޭ) އަލުން އަނބުރާ ނިއު ރޭޑިއަންޓަށް ގެނައުމަށް ނިންމާފައިވާކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރުމުގެ ގޮތުން، ނިއު ރޭޑިއަންޓުން ވަނީ އެ ކުލަބުގެ ފޭސްބުކް ޕޭގުގައި، "އަންނަނީ، އަންނަނީ" ޖެހުމަށްފަހު، ކާކުކަން ރަގަޅަށް ސިފަނުވާ ގޮތަށް މީހެއްގެ ފޮޓޯއެއް ޙިއްސާކޮށްފައެވެ. ނަމަވެސް ދިވެހިންގެ ފަޚުރަކަށް ވެފައިވާ ޢަލީ އަޝްފާގަކީ، ފުޓުބޯޅަ ބަލާ ނޫޅުނަސް، އޮޅުވާލެވޭނެ މީހެއް ނޫނެވެ. މި ޕޯސްޓުގައި އެ ކުލަބުން ތާރީޙެއް ވެސް ޖަހާފައި ވެއެވެ. އެއީ 22 މެއި 2025އެވެ. ނަމަވެސް މިއީ ސީދާ ކޮން ތާރީޙެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ނިއުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ވަނީ މި ޚަބަރު ކަށަވަރުކޮށްދީފައެވެ. އޭނާ ބުނީ، އުމުރުން 39 އަހަރުގެ ދަގަނޑޭ ގެނައުމަށް ނިންމީ، އެއީ ގިނަ ސަޕޯޓަރުންތަކެއް ބޭނުންވާ ކަމަކަށް ވާތީކަމަށެވެ. 

މިއީ އަޝްފާގު ނިއުއާ ގުޅޭ ހަތަރު ވަނަ ފަހަރެވެ. ފުރަތަމަ އޭނާ އެ ޓީމާ ގުޅުނީ 2006/07ގައެވެ. އޭގެ ފަހުން 2012/13ގައި ނިއުއަށް ކުޅުމަށްފަހު، އަނެއްކާ 2017/18ގައި ވެސް އޭނާ ނިއުއަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. 

ނިއު މިހާރު އޮތީ ރާއްޖޭގެ ދެވަނަ ޑިވިޝަނުގައި ނަމަވެސް، އެ ކްލަބުން މަސައްކަތް ކުރަމުން އަންނަނީ ފުރަތަމަ ޑިވިޝަނަށް އެރުމަށެވެ. 

އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއިން މިހާރު ކުރިޔަށްގެންދާ އެފްއޭއެމް ލީގު ކަޕުގައި ވެސް އެ ޓީމު ވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS