ޚަބަރު
ވައިގެ މަގުން އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި ހިފަހައްޓައިފި

ހިފަހައްޓާފައިވާ ޑްރަގު ޕެކެޓުތަކެއް، ފައިލް ފޮޓޯ ---

ފަރުދުން
20 މޭ 2025، 10:20
20 މޭ 2025، 10:20
ވައިގެ މަގުން އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައިފިއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި މި އޮޕަރޭޝަނުގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 1،020 ގްރާމް ހުރިކަމަށް އެ ސަރވިސަސްއިން ހާމަކުރެއެވެ.
މީގެ އިތުރުން، މި މަސްތުވާތަކެތި ތަހުލީލުކުރުމުގެ ފުރަތަމަ މަރުހަލާގައި ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) May 19, 2025
ބާވަތް: ކޮކެއިން
ބަރުދަން: 1.02 ކިލޯގްރާމް
ތާރީޚް: 27 އެޕްރީލް 2025 pic.twitter.com/qaFFUeQh7v
މި ތަކެތި އަތުލައިގެންފައި ވަނީ ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.
މި އަހަރުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި ކަސްޓަމްސްއިން 3.534 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައި ވެއެވެ. އެ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 1،086 ގްރާމް ކެޓަމިން އާއި 2،138 ގްރާމް މެތަމްފެޓަމިން އާއި 310 ގްރާމް ހެރޮއިންއެވެ. އަދި އަތުލައިގަތް މިމަސްތުވާތަކެތި މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.