Ads by Aqeeqa Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، މ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، މ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މ.މުއްޔައް ވަޑައިގަތުން

20 މޭ 2025، 11:18

ރައީސުލްޖުމްހޫރިއްޔާ، މ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި އެއަރޕޯޓަކި މުލަކަތޮޅުގައި ޤާއިމްކުރެވިގެންދިޔަ ފުރަތަމަ އެއަރޕޯޓެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން މ. މުލީގައި ތަރައްޤީކޮށްފައިވާ މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށްޓަކާ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޛިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މުލީގައި ހުޅުވިގެންދިޔަ އެއަރޕޯޓަކީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ. އަދި ފަހުގެ ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތަކާއިއެކު ޤާއިމް ކޮށްފައިވާ އެއަރޕޯޓެކެވެ.

އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މުލީ އެއާޕޯޓްއާއެކު ފަތުރުވެރިކަމުގެ ގޮތުން ރަށަށް ކުރިއެރުން ހޯދަައިދިނުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތްކުރާނެ ކަމަށެވެ. ހަމައެއާއެކު މި އެއާޕޯޓް ހުޅުވުވިގެން ދިއުމާއެކު 
މުޅި މ. އަތޮޅު ތަރައްޤީވެގެން ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS